ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-ESMS/2022/66
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 09:58
ސުންގަޑި: 19 ޖަނަވަރީ 2023 13:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލުން

އިޢުލާން

 

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލުން. 

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު 22 ޑިސެންބަރު 2022 އިން 19 ޖަނަވަރީ 2023 ގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

މިފުރުސަތުގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިހާރު ރަޖިސްޓްރީވެފައިވާ އާއިލާތަކުގެ ތެރެއިން 19 ޖަނަވަރީ 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް ނުވަތަ މީހަކު ހިމެނޭ އާއިލާތައް ފިޔަވައި އެހެން އާއިލާތަކުން އަލުން ރަޖިސްޓްރީވާން ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް، މިހާރު ރަޖިސްޓްރީވެފައިވާ އާއިލާތަކުގެ ތެރެއިން 19 ޖަނަވަރީ 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހަކު ހިމެނޭ އާއިލާތަކުން ދަފްތަރުގައި ރަޖިސްޓްރީވުމަށް އަލުން ފޯމު ހުށަހަޅަންޖެހޭނެއެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު 19 ޑިސެންބަރު 2022 އިން ފެށިގެން މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ފޯމު ބަލައިގަތުމުގެ މަސައްކަތް 22ޑިސެންބަރު 2022 އިން 19 ޖަނަވަރީ 2023 ވަނަ ދުވަހުގެ 13:00 އާ ހަމައަށް ރަސްމީ ގަޑިތަކުގައި މި ކައުންސިލްގެ އިދާރާގައި ކުރިއަށް ދާނެއެވެ.

                   

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޑިސެންބަރު 2022