ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ
ނަންބަރު: IUL10-F/10/2022/199
އިޢުލާން
މިމިނިސްޓްރީއަށް ބޭނުމަށް ތިރީގައި މިދަންނަވާ ތަކެތި ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
10 ކޮމްޕިއުޓަރ ސިސްޓަމް
05 ލެޕްޓޮޕް
01 މަލްޓިފަންކްޝަން ކުލަ ޕްރިންޓަރ
ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަމަށް އެދިލައްވާ ފަރާތްތަކުގެތެރެއިން ބީލަން ބަލައިގަނެވޭނީ، 28 ޑިސެންބަރ 2022 އަށް މި މަސައްކަތް ނިންމޭނެ ފަރާތްތަކުގެ ބީލަން އެކަނިކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ކުރިން އޮޅުންއަރާ އެއްވެސް ކަމެއް ސާފުކުރަން ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ [email protected] އީ.މެއިލްއަށް ފޮނުއްވާ މަޢުލޫމާތު ސާފުކުރެއްވުންއެދެމެވެ. މި އިޢުލާނާއެކު މައުލޫމާތު ޝީޓާއި އަދި ބޭނުންވާ ތަކެތީގެ ސްޕެކް އެއްކަރުދާސް ކުރެވިފައިވާނެއެވެ.