ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)328-HR/328/2022/74
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 08:53
ސުންގަޑި:
19 ޖަނަވަރީ 2023 13:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
އިޢުލާން
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން:
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 22 ޑިސެންބަރު 2022 ން 19 ޖަނަވަރީ 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.
- ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މި ވަގުތު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން މިފުރުޞަތުގައި އަލުން ފޯމް ހުށަހަޅަން ނުޖެހޭނެއެވެ.
- 20 ޖޫން 2022 ގެ ފަހުން އެކި ސަބަބުތަކާހެދި ދަފްތަރުން އުނިކުރެވިފައިވާ ފަރާތްތަކަށް ދަފްތަރުން އުނިކުރެވިފައިވާކަން އެންގިފައިވާނެއެވެ.
- ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޢާއިލާގައި 19 ޖަނަވަރީ 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭނަމަ އެ ޢާއިލާއަކުން އަލުން ފޯމް ހުށަހަޅަންޖެހޭނެއެވެ.
މިމުއްދަތުގެ ތެރޭގައި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން މެންދުރުފަހު 13:00 އަށެވެ. 22 ޑިސެންބަރު 2022 އިން ފެށިގެން "ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފޯމް" މިކައުންސިލުން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 ޑިސެންބަރު 2022