ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419-CAA/142/2022/1
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:43
ސުންގަޑި: 19 ޖަނަވަރީ 2023 12:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރު މިނިސްޓްރީން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުން

1444 ވަނަ އަހަރު މިނިސްޓްރީން އެކުލަވާލައިފައިވާ ފަޤީރުންނާއި  މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް 22 ޑިސެމްބަރ 2022 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 8:00 އިން 14:00 ގދ.ގައްދޫ ކައުންސިލް އިދާރާގެ ކައުންޓަރ އިން ލިބެން ހުންނާނެއެވެ.

       ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިހާރު ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުން މި ފުރުސަތުގައި އަލުން ފޯމް ހުށައަޅަން ނުޖެހޭނެއެވެ. ނަމަވެސް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ އާއިލާގައި 19 ޖެނުއަރީ 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭނަމަ އެ އާއިލާއަކުން އަލުން ފޯމު ހުށައަޅަންޖެހޭނެއެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ އާއިލާއަކަށް އަލަށް ކުއްޖަކު އުފަންވެފައިވާނަމަ އެ އާއިލާއަކުންވެސް އަލުން ފޯމް ހުށައަޅަށް ޖެހޭނެއެވެ. ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ ފަރާތްތަކުން އެފަރާތްތަކުގެ ނަން ދަފްތަރުން  އުނިކުރުމަށް އެދި ކައުންސިލް އިދާރާއަށް މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒްއަށް އެޑްރެސްކޮށް މި ދެންނެވި މުއްދަތުގައި ސިޓީއަކުން ހުށައެޅޭނެއެވެ.

       ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތަކާއި ފޯމް ފުރިހަމަ ކުރާއިރު ސަމާލުކަންދޭންވީ ކަންތައްތައް ހިމެނޭ ލިޔުމެއް ފޯމާއި އެކު އެއް ހީރަސް ކުރެވިފައިވާނެއެވެ. ފޯމް ބަލައިގަތުން ކުރިއަށްދާނީ 22 ޑިސެމްބަރ 2022 އިން 19 ޖެނުއަރީ 2023 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ގދ.ގައްދޫ ކައުންސިލް އިދާރާގެ ފައިސާ ބަލައިގަންނަ ކައުންޓަރ އިންނެވެ. ފޯމް ބަލައިގަތުމުގެ ސުންގަޑި ހަމަވުމަށްފަހު ކައުންޓަރ އަށް ހުށައަޅާ އެއްވެސް ފޯމެއް ކައުންސިލް އިދާރާއިންވެސް އަދި އިސްލާމިކް މިނިސްޓްރީއިންވެސް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.  

       މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޑިސެންބަރު 2022