ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-B/249/2022/70
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި: 19 ޖަނަވަރީ 2023 14:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީކުރުމާއި ގުޅޭ

އިޢުލާން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީކުރުމާއި ގުޅޭ

 

          1444 ވަނަ އަހަރު "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް" އިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅުތެރެއިން އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު 18 ޑިސެންބަރ 2022 އިން 19 ޖަނަވަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

          ވީމާ، މިރަށުގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 19 ޖަނަވަރީ 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމު މިއިދާރާއަށް ހުށަހެޅުއްވުމަށް އެދެމެވެ.

ފޯމު ދޫކުރުން: 22 ޑިސެމްބަރ 2022 ވަނަ ދުވަހުން ފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ 9:00 އިން 14:00އަށް

ފޯމު ބަލައިގެތުން: 22 ޑިސެމްބަރ 2022 ވަނަ ދުވަހުން ފެށިގެން 19 ޖަނަވަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ރަސްމީ ދުވަހެއްގެ 9:00 އިން 14:00 އަށް

ނޯޓް: މީގެކުރިން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަލުން ރަޖިސްޓްރީވާން ޖެހިވަޑައި ނުގަންނަވާނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.

          މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޑިސެންބަރު 2022