ދިވެހިރާއްޖެ
2023 ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.
ތަފްޞީލް |
ތާރީޚް |
ގަޑި |
ތަން |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
22 ޑިސެންބަރު 2022 |
10:00 ހެނދުނު |
މާއެނބޫދޫ ސްކޫލް އޮފީސް |
އަންދާސީ ހިސާބު ހުށައެޅުން |
26 ޑިސެންބަރު 2022 |
09:00 ހެނދުނު |
މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.
މާރކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފްޞީލް |
އަގު |
%70 |
މާކްސްދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ% ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގަކަށް. |
ތަޖުރިބާ |
ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްފައިވާ ކޮންމެ އަހަރަކަށް 6 ޕޮއިންޓް، ގިނަވެގެން 3 އަހަރަށް |
|
މުވައްޒަފުން |
ތަމްރީނުލިބިފައިވާ ސެކިޔުރިޓީ އޮފިސަރުން ބޭނުންކުރުމަށް 12 ޕޮއިންޓް (6 މީހުނާ ހަމައަށް މީހަކަށް 2 ޕޮއިންޓް) |
މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.