ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-MS/399/2022/89
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 19 ޖަނަވަރީ 2023 13:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތާއި ގުޅޭ

ަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ވަނީ ހުޅުވާލާފައެވެ.

 

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ، "ފަޤީރުންނާއި މިސްކީނުން ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" 18 ޑިސެންބަރ 2022 އިން ފެށިގެން މި އިދާރާގެ ކައުންޓަރުންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް އެކަމަށްއެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު 22 ޑިސެންބަރ 2022 އިން 19 ޖެނުއަރީ 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ. ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ދޫކޮށް ބަލައިގަންނާނީ މި އިދާރާގެ ކައުންޓަރުންނެވެ.

 

  1. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިހާރު ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.
  2. ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޢާއިލާގައި 19 ޖެނުއަރީ 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭނަމަ އެ ޢާއިލާއަކުން ފޯމު ހުށަހަޅަންޖެހޭނެއެވެ.

         ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

          24   ޖުމާދަލްއޫލާ   1444

          18   ޑިސެންބަރު   2022                      

 

                                                          އިބުރާޙިމް ރަސީދު

                                                       ކައުންސިލްގެ ނައިބުރައީސް

18 ޑިސެންބަރު 2022