ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)306/306/2022/51
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 19 ޖަނަވަރީ 2023 13:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލުން

ޢިޢުލާން

 

  ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލުން

  

                1444 ވަނަ އަހަރުގެ ފިޠުރުޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގެ ފަޤީރުންގެ ދަފުތަރު އަލުން އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންދަނީ ކުރަމުންނެވެ. އެގޮތުން ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ 2022 ޑިސެމްބަރ 18 އިން 2023 ޖަނަވަރީ 19 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލާފައެވެ.

            ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް 2022 ޑިސެމްބަރ 18 އިން ފެށިގެން މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. ފޯރމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ  2022 ޑިސެމްބަރ 19 ވަނަ ދުވަހުން ފެށިގެންނެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:00 އަށެވެ. ފޯމް ދޫކުރުމާއި ބަލައިގަތުމުގެ އެންމެ ފަހުތާރީޚްއަކީ 2023 ޖަނަވަރީ 19  ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

18 ޑިސެންބަރު 2022