ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-CA/417/2022/118
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 19 ޖަނަވަރީ 2023 13:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުން؛

1444 ވަނައަހަރު ފިތުރުޒަކާތާއި މުދަލު ޒަކާތް ބެހުމަށްޓަކައި، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް، އެފުރުޞަތު މިއަދުން ފެށިގެން 2023 ޖަނަވަރީ 19 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމުގައި ބޭންކުގެ ފަރާތުން ފުރިހަމަކުރަންޖެހޭ ބައެއް އޮތުމާއި، ފޯމް ހުށަހަޅާ ފަރާތުގެ (06 މަސްދުވަހުގެ) ބޭންކް ސްޓޭޓްމަންޓް ހުށަހަޅަން ޖެހުމަކީ ވަގުތު ބޭނުންވާނެ ކަމެކެވެ. ވީމާ، ކުރިން ދުރާލާ ވަގުތު އޮއްވައި ފޯމުގައި ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަ ކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތަކާއިއެކު ފޯމު ހުށަހެޅުމަށް ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

18 ޑިސެންބަރު 2022