ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267/267/2022/62
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 19 ޖަނަވަރީ 2023 14:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން.

  1444 ވަނަ އަހަރު ރާއްޖޭގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ ހުޅުވާލައްވާފައެވެ. އެގޮތުން ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު މިއަދުން ފެށިގެން 19 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

                                    ނިމިދިޔަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޢާއިލާގައި 19 ޖަނަވަރީ 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް/މީހުން ހިމެނޭނަމަ އެ ޢާއިލާއަކުން އަލުން ފޯމު ހުށަހަޅަން ޖެހޭނެއެވެ.

                     ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު މިއަދުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މިއިދާރާގެ ކައުންޓަރުން ލިބިލައްވާނެއެވެ. އަދި މިފޯމް މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.  ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ބަލައިގަތުން ކުރިއަށްދާނީ 2022 ޑިސެންބަރު 22 ވަނަ ދުވަހުން ފެށިގެން 2023 ޖަނަވަރީ 19 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00ގެ ނިޔަލަށެވެ.

                   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

18 ޑިސެންބަރު 2022