ދިވެހިރާއްޖެ
ނަންބަރު: (IUL)272-CA/272/2022/97
އިޢުލާން
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމާއި ބެހޭ
1444 ވަނަ އަހަރަށް މިނިސްޓްރޯ އޮފް އިސްލާމިކް އެފެއަޒުން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި (އަލަށް) ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް، ފޯމް ހުށަހެޅުމުގެ ފުރުޞަތު 22 ޑިސެންބަރު 2022 ން 19 ޖަނަވަރީ 2023 ވަނަ ދުވަހުގެ 13.00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ވުމާއެކު، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް 18 ޑިސެންބަރު 2022 ން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ 08:00 އިން 13:00 އަށް ކައުންސިލް އިދާރާއިން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީ ވުމަށް ފޯމް ހުށަހެޅުމުން ފޯމްތައް އިވެލުއޭޓް ކުރުމަށްފަހު ފަޤީރުންގެ ދަފްތަރު އެކުލަވާލާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަމުގައިވާތީ، ފޯމް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި މިވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ޖުމާދަލްއޫލާ 1444
18 ޑިސެންބަރު 2022