މަސައްކަތް
ނަންބަރު: (IUL)253/253/2022/90
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 28 ޑިސެންބަރު 2022 10:30
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ރަށު ގޯޅިމަގުތަކުގައި ޖަހާފައިވާ ހޮޅިބުރި ތަކާއި ބަނދަރު ބައްތިތައް 2023 ވަނަ އަހަރު މަރާމާތުކޮށް ބެލެހެއްޓުން

މި ރަށު ގޯޅިމަގުތަކުގައި ޖަހާފައިވާ ހޮޅިބުރި ތަކާއި ބަނދަރު ބައްތިތައް 2023 ވަނަ އަހަރު މަރާމާތުކޮށް ބެލެހެއްޓުން

މި ރަށު އެކިއެކި ގޯޅިމަގުތަކުގައި ޖަހާފައިވާ ހޮޅިބުރިތަކާއި ބަނދަރު ބައްތިތައް ކޮންޓްރެކްޓް އުސޫލުން 2023 ވަނަ އަހަރު މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ތަކެތިދީގެން މި މަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 2022  ޑިސެމްބަރ 28 ވާ ބުދަ ދުވަހުގެ 10:30 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2023 ޖަނަވަރީ 2 ވާ ހޯމަ ދުވަހުގެ 10:30 އަށް އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.

މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބުހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު، ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ފޯމް ޤަބޫލްނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

24 ޖުމާދަލްއޫލާ 1444

18 ޑިސެމްބަރ 2022

18 ޑިސެންބަރު 2022