ދިވެހިރާއްޖެ
މާލޭގެ މަގުތައް ތަރައްޤީ ކުރުމަށްޓަކައި ޑިޒައިން އަދި މެނޭޖްމަންޓް ކޮންސަލްޓެންސީ ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ނަންބަރު IUL)138-ES1/1/2014/178)ފ(01/01/2014) އަދި IUL)138-ES2/1/2014/193)ފ(04/11/2014) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.
ސުރުޚީގައި ދަންނަވާފައިވާ މަޝްރޫޢަށް ކުރިމަތިލުމަށް ތައްޔާރުކޮށްފައިވާ ޓަރމްސް އޮފް ރިފަރެންސްގައި ތަޖުރިބާގެ ފެންވަރު ބަދަލުކުރެވިފައިވާ ވާހަކަ ޢާންމުކޮށް އިޢުލާނުކޮށް އެންގީމެވެ. އަދި މިކަމާބެހޭ ތަފުސީލު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރަސްޓްރަކްޗަރުގެ ވެބްސައިޓުގައި ޝާއިޢު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
އިންފްރަސްޓްރަކްޗަރ ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3004110/ 3004300 ފެކްސް:3004301
އީ-މެއިލް: [email protected]
05 ޞަފަރު 1436