ދިވެހިރާއްޖެ
އިމާމް
ބިޒްނަސް ސޮލިއުޝަންސް
ވަޒީފާއަދާކުރަންޖެހޭ ތަން: ކުޑަގިރި
ތައުލީމީ ފެންވަރާއި ތަޖުރިބާ:
- މަޤާމު މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- ހުކުރު ނަމާދު ކުރުމުގެ ހުއްދަ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
ކުޑަގިރި މިސްކިތުގައި އިމާމުވެ ނަމާދު ކުރުމާއި އަދި އިމާމްގެ އެންމެހާ ޒިންމާތައް އިސްލާމީ ރިވެތި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން އަދާކުރުން.
މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ކުޑަގިރި މިސްކިތުގައި އިމާމުވެ ފަރުޟު ފަސް ނަމާދުކުރުން.
- ހުކުރު ޚުތުބާ ކިޔުމާއި ހުކުރު ނަމާދު އިމާމްވެކުރުން.
- ރަމަޟާންމަހު ތަރާވީޙް ނަމާދު އިމާމްވެކުރުން.
- ޢީދު ނަމާދު އިމާމްވެކުރުމާއި ޚުތުބާކިޔުން.
- އިމާމުވެ ނަމާދުކުރެވޭ މިސްކިތުގެ ސާފުތާހިރުކަން ސުޕަވައިޒްކޮށް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް އަންގަންޖެހޭ ފަރާތްތަކަށް އަންގާ ހައްލުކުރުމަށް މަސައްކަތްކުރުން.
- މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ސްޕަވައިޒަރު ހަވާލުކުރާ މަގާމާއި، މަގާމުގެ މަސްޢޫލިއްޔަތާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައްކުރުން.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- ރަނގަޅަށް މުއާމަލާތް ކުރަން ދަންނަ ފަރާތަކަށްވުން.
- އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްކުރުން.
- އިތުބާރުކުރެވޭފަދަ ފަރާތަކަށްވުން.
މުސާރަ: 12,500ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
- ޕޮލިސް ރިޕޯޓް
މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 18 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
ޕޯޓަލް ލިންކު: ( https://jobs.hdc.com.mv )
އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.