ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177/1/2022/61
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:51
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
އޮލިމްޕަސް ކުއްޔަށް ހިފުމަށް ހުޅުވާލުން

އޮލިމްޕަހުގައި އެކިއެކި ހަރަކާތްތައް ބޭއްވުމަށް އެދޭ ފަރާތްތަކުން މިއަދުން ފެށިގެން އެޑްވާންސް ބުކިންގް އަށް ހުޅުވާލައިފީމެވެ. ބުކް ކުރެވޭނީ ތިރީގައިވާ ތާރީޚުތަކުން ފެށިގެންނެވެ.

  • 15 ޖަނަވަރީ 2023 ގެ ތާރީޚުން ފެށިގެން ޕްރެކްޓިސް ރޫމްތައް ބުކް ކުރެވޭނެއެވެ.

  • 15 ޖަނަވަރީ 2023 ގެ ތާރީޚުން ފެށިގެން އޮލިމްޕަސް ހޯލު ބުކް ކުރެވޭނެއެވެ.

އޮލިމްޕަސް އަލުން ބުކް ކުރަން ހުޅުވާލާއިރު، ކޮވިޑްގެ ޙާލަތާއި ގުޅިގެން 2020 ވަނަ އަހަރު އޮލިމްޕަސް ބަންދު ކުރިއިރު ފިލްމު ދެއްކުމަށް އޮލިމްޕަސް ބުކްކޮށް، އެޑްވާންސް ދައްކާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މިއިޢުލާނާއެކު އޮލިމްޕަސް ހޯލާއި ޕްރެކްޓިސް ރޫމްތައް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި އަދި އޮލިމްޕަސް ހޯލާއި ޕްރެކްޓިސް ރޫމްތައް ކުއްޔަށްހިފުމަށް އެދި ހުށަހަޅާ ފޯމު ހިމަނާފައިވާނެއެވެ. ކުއްޔަށް ހިފުމަށް މި ސެންޓަރުގެ ވެބްސައިޓް (www.nca.gov.mv)މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ.

15 ޑިސެންބަރު 2022