މަސައްކަތް
ނަންބަރު: (IUL)GS45/2014/068
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:59
ސުންގަޑި: 07 ޑިސެންބަރު 2014 09:30
އައްޑުއަތޮޅު ފޭދޫ ސްކޫލް
ދިވެހިރާއްޖެ
އިމާރާތްތަކުގެ ކަރަންޓް ވިއުގަ މަރާމާތުކުރުމަށް

މި ސްކޫލުން 10 ނޮވެންބަރު 2014 ވަނަ ދުވަހު ކޮށްފައިވާ ނަންބަރު IUL)GS45/2014/055) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަތް ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މި ސްކޫލުގެ އިމާރާތްތަކުގެ ކަރަންޓް ވިއުގަ މަރާމާތުކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ޑިސެންބަރު 2014 ވަނަ ދުވަހުގެ ހެނދުނު 09:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ޑިސެންބަރު 2014 ވަނަ ދުވަހުގެ ހެނދުނު 09:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދަންނަވަމެވެ.

05 ޞަފަރު 1436

27 ނޮވެންބަރު 2014