ދިވެހިރާއްޖެ
IUL337/337/2022/109 ނަންބަރ
އިޢުލާން
މިކައުންސިލް އިދާރާގެ ޕިކަޕް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
މިއިދާރާގެ ނަންބަރު (IUL)337-C-AB/337/2022/64 (10 އޯގަސްޓް 2022) އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވާ އެއްވެސް ފަރާތަކުން މާލީ ޤާބިލްކަން އެނގޭނެ ލިޔުން ހުށަހަޅާފައި ނުވާތީއާއި ހުށަހަޅާފައިވާ ބިޑްތަކުގެ އަގު ބޮޑުކަމަށް ފެންނާތީވެ، އެޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. މިއީ މިކަމާއި ގުޅިގެން ކުރެވޭ ތިނަވަނަ އިޢުލާނެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
މިއިދާރާގައި ބޭނުންކުރަމުންދާ ޕިކަޕް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅަންއެދޭ ފަރާތްތަކުން މި ކައުންސިލުގެ މެއިލް [email protected] އަށް މައުލޫމާތު ފޮނުވައިގެން ނުވަތަ ލިޔުމަކުން ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓްރީ ކުރުމަށް ފޮނުވާ މެއިލް ނުވަތަ ލިޔުމުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
- ކުންފުނީގެ ނަން
- ގުޅޭނެ ފޯނު ނަންބަރު
- އީމެއިލް އެޑްރެސް
- މެއިލް ފޮނުވާ ފަރާތުގެ ނަން
ރަޖިސްޓްރީ ކުރުން: |
26 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 12:00 ގެކުރިން |
އަންދާސީ ހިސާބު ހުށަހެޅުން: |
26 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 13:00 ގައި މާފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްއަށް، |
އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
15 ޑިސެމްބަރ 2022