މަސައްކަތް
ނަންބަރު: (I)288/2022/127
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 22 ޑިސެންބަރު 2022 12:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުން

އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުން

ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް، މި އިދާރާއިން އެދޭ ގޮތަކަށް ކުނިކަހައި، ސާފުކޮށް ބަލަހައްޓައިދޭނޭ ފަރާތެއް ހޯދާން ބޭނުންވެއެވެ. މަސައްކަތުގެ އުޖޫރައިގެ ގޮތުގައި މަހަކު 15,000.00ރ. (ފަނަރަ ހާސް ރުފިޔާ) އަށް ވުރެ ބޮޑު ނުވާ އަގަކަށް ކޮންޓްރެކްޓް އުސޫލުން ކޮށްދެއްވާން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލަމެވެ. ހުށަހެޅޭ ބީލަންތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރާން ހަމަޖެހިފައިވަނީ އެންމެ މަތީ ޕޮއިންޓު ލިބޭ 2 (ދެ) ފަރާތަކަށެވެ.

ބީލަމުގައި ބައިވެރިވެލެއްވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރައްވާން ހުށަހަޅުއްވާނީ 2022 ޑިސެންބަރު 22 ވާ ބުރާސްފަތި ދުވަހު މެންދުރު 12:00 ގެ ކުރިން، ދީފައިވާ ލިންކު ގައިވާ ފޯމު ފުރިހަމަކުރައްވައިގެންނެވެ.

https://docs.google.com/forms/d/12v7sufttg1mZmGLqfb8HKj7j3Daxknb5xJL7dQfw23c/edit

ބީލަމާ ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާ އެއްގޮތަށް މި އިދާރާ ގައި ކުރިއަށްދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

22 ޑިސެންބަރު 2022، (ބުރާސްފަތި،) 13:00

ބީލަން ހުށަހެޅުމުގެ ބައްދަލުވުން

27 ޑިސެންބަރު 2022، (އަންގާރަ،) 13:00

15 ޑިސެންބަރު 2022