ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)414-1/414/2022/90
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:15
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ކަނޑުހުޅުދޫގެ ގޭބިސީ، ވިޔަފާރިކުރާތަންތަން، ސަރުކާރުގެ ޢިމާރާތްތަކުން އުފެދޭ ކުނި އުކައިދިނުމާއިބެހޭ

 

ގޭބިސީ، ވިޔަފާރިކުރާ ތަންތަން، ސަރުކާރު އިމާރާތްތަކުން އުފެދޭ ކުނި ނެގުމާއި ގުޅޭ

          

         ގޭބިސީ، ވިޔަފާރިކުރާ ތަންތަން އަދި ސަރުކާރުގެ އިމާރާތްތަކުން އުފެދޭ ކުނި ނައްތާލުމުގެ ގޮތުން ވަކި ފީއެއް ނަގައިގެން ކުނިއުކައިދިނުމަށް  މި ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން ފީ ނެގުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު ތިރީގައި އެވަނީއެވެ.

ފީނެގުމަށް ހަމަޖެހިފައި ގޮތުގެ ތަފްސީލު          

ގޭބިސީ ތަކުން

މަހުފީ 100 ރުފިޔާ

ވިޔަފާރި ކުރާ ފަރާތްތަކުން

މަހުފީ 150 ރުފިޔާ

ސަރުކާރު އިދާރާތަކުން

މަހުފީ 250 ރުފިޔާ

 

ވީމާ، ކުނި އުކުމަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމު މި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހާކަ މަޢުލޫމާތަށްޓަކާ ދަންނަވަމެވެ.

15 ޑިސެންބަރު 2022