މަސައްކަތް
ނަންބަރު: 426-EC/IUL/2014/205
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:14
ސުންގަޑި: 26 ނޮވެންބަރު 2014 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީދޫ އަވަށުގެ ދަނޑުބިންތަކަށް ކަރަންޓް ލުން

އައްޑޫސިޓީގެ މީދޫ އަވަށުގެ ދަނޑުބިންތަކަށް ކަރަންޓް ލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު 426-EC/IULN/2014/200 (16 ނޮވެންބަރު 2014) އާ ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަ ދީފައިނުވަތީ އެ އިޢުލާން ބާތިލުކޮށް އަލުން މި މަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ނޮވެންބަރު 2014 (ބުދަ) ދުވަހުގެ 14.00 އަށް މި އިދާރާއަށާއި މީދޫއަވަށު އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 4 ޑިސެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 14.00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ކަނޑައެޅިފައިވާ ވަގުތުތަކުގައި މި އިދާރާގެ ކޮންފަރެންސް ހޯލުގައާއި މީދޫއަވަށު އޮފީހުގައެވެ. މަޢުލޫމާތު ދިނުމަށާއި، އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް މި އިދާރާގެ ކޮންފަރެންސް ހޯލަށާއި މީދޫއަވަށު އޮފީހަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

1 ޞަފަރު 1436

23 ނޮވެންބަރު 2014