ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-AF/1/2014/162
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 14:43
ސުންގަޑި: 04 ޑިސެންބަރު 2014 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސަބާ ޕްރޮޖެކްޓް – އެކްސްޓަރނަލް އޮޑިޓް

އިޢުލާން

ސަބާ ޕްރޮޖެކްޓް – އެކްސްޓަރނަލް އޮޑިޓް

ސަބާ ޕްރޮޖެކްޓުގެ އަހަރީ އެކްސްޓަރނަލް އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން 23 އޮކްޓޫބަރު 2014 ގައި ކުރި ނަންބަރު  (IUL)101-AF/1/2013/147 އިޢުލާނާ ގުޅިގެން އެކަށޭނެ އަދަދަކަށް ބިޑް ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މިފަހަރު މަޢުލޫމާތު ސެޝަން ބޭއްވުމެއް ނޯންނާނެއެވެ. ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާއި "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" އަދި މަސައްކަތުގެ ޓާމްސް އޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ  27 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މ. ބޭންފް ވިލާ، ސަބާ މޯލްޑިވްސް، ދެވަނަ ފަންގިފިލާގައި ހުންނަ ކޮންފަރަންސް ހޯލްގައެވެ. 14:00ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3003018 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާއި "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" އަދި މަސައްކަތުގެ ޓާމްސްއޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

25 މުޙައްރަމް 1436

 

 

 

18 ނޮވެންބަރު 2014