ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)101-AF/1/2014/161
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 04 ޑިސެންބަރު 2014 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސަބާ ޕްރޮޖެކްޓް – އޮފީސް އިކިއުޕްމަންޓް ގަތުމަށް (ސީ.އިފް.ސީ)

އިޢުލާން

ސަބާ ޕްރޮޖެކްޓް – އޮފީސް އިކިއުޕްމަންޓް ގަތުމަށް (ސީ.އިފް.ސީ)

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޛުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވޯރކާސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project)ގެ ދަށުން ޤާއިމުކުރާ ކޮމިއުނިޓީ ފެސިލިޓޭޝަން ސެންޓަރުތަކަށް (ސީ.އެފް.ސީ) އޮފީސް އިކްއިޕްމަންޓް ހޯދުމަށްޓަކައި އާންމުކޮށް އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން މައުލޫމާތު ސެޝަން އަށް 27 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މ. ބޭންފް ވިލާ، ސަބާ މޯލްޑިވްސް، ދެވަނަ ފަންގިފިލާގައި ހުންނަ ކޮންފަރަންސް ހޯލަށް ވަޑައިގެން ދެއްވުން އެދެމެވެ. ބީލަން ބަލައިގަނެވޭނީ މައުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅާ ބީލަމެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ  04 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހިގެ 14:00 ގައި މ. ބޭންފް ވިލާ، ސަބާ މޯލްޑިވްސް، ދެވަނަ ފަންގިފިލާގައި ހުންނަ ކޮންފަރަންސް ހޯލްގައެވެ. 14:00ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.  އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3003018 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާއި "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" އަދި މަސައްކަތުގެ ޓާމްސްއޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

25 މުޙައްރަމް 1436

18 ނޮވެންބަރު 2014