ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2022/26
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި: 25 ޑިސެންބަރު 2022 21:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮނޑޭ ލޭންޑް ޔޫސް ޕްލޭނަށް ޚިޔާލު ހޯދުން

ރަށުގެ ލޭންޑްޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުން:

ރިޔަން ޕްރައިވެޓް ލިމިޓެޑްއާއި ޙަވާލު ކޮށްގެން ކުރިއަށްދާ ކޮނޑޭ ލޭންޑް ޔޫސް ޕްލޭންގެ ރިވިއު ކުރުމުގެ މަސައްކަތުގެ ދަށުން އެކުންފުނިން އެކުލަވާލާފައިވާ ކޮނޑޭ ލޭންޑް ޔޫސް ޕްލޭންގެ ޑްރާފްޓަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުމެއް 25 ޑިސެމްބަރ 2022 ވަނަ ދުވަހުގެރޭ 21:00 ގައި ކޮނޑޭ ކައުންސިލް އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި ރަށުން ބޭރުގައި ދިރިއުޅުއްވާ ކޮނޑޭގެ ރަށްވެހިންނަށް ގޫގުލް މީޓް މެދުވެރިކޮށް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާއެވެ. ރަށުން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކަށް ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ ލިންކް ބައްދަލުވުން ފެށުމުގެ 1 ގަޑި އިރު ކުރިން ކައުންސިލްގެ ކޮމިއުނިޓީ ވައިބަރ ގްރާޕްގައި ހިއްސާ ކުރެވޭނެއެވެ. ރަށުގައި ދިރިއުޅުއްވާ ފަރާތްތަކުން ބައްދަލުވުމުގައި ބައިވެރިވުމަށް ވަޑައިގަންނަވާނީ ކައުންސިލް އިދާރާއަށެވެ.

ވީމާ، މިބައްދަލުވުމުގައި ބައިވެރިވުމުގެ ދަޢުވަތު ކޮނޑޭގެ އެންމެހައި ރައްޔިތުންނަށް އަރުވަމެވެ.

ބައްދަލުވުމަށް ވަޑައިގަތުމުގެ ކުރިން ޕްލޭން ދިރާސާ ކުރެއްވުމަށް ލޭންޑް ޔޫސް ޕްލޭންގެ ޑްރާފްޓް މިޢިއުލާނާއެކު އެއްއުރަ ކުރެވިފައިވާނެއެވެ.

ބައްދަލުވުމާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފް ކުރެއްވުމަށް ރަސްމީ ގަޑީގައި 6821043 ނުވަތަ 6821045 އަށް ގުޅުއްވުން އެދެމެވެ.

                  

15 ޑިސެންބަރު 2022