މަސައްކަތް
ނަންބަރު: (IUL)318-HR/318/2022/78
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 09:05
ސުންގަޑި: 22 ޑިސެންބަރު 2022 13:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތައް ދިއްލުމަށް ބޭނުންވާ ހޮޅިދަނޑިތައް ޖަހައިދޭނެ ފަރާތެއް ހޯދުން

ދަރަވަންދޫ ބޮޑެތި މަގުތަކަށް އިތުރުކުރާ ބައްތި ދަނޑިތައް ޖަހައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)318-HR/318/2022/74 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅައިފައި ނުވާތީވެ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގައެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

2022 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 11:00

އަންދާސީ ހިސާބު ހުށަހެޅުއްވުން

2022 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 13:00

އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600002 ފޯނާއި ގުޅުއްވުން އެދެމެވެ.

14 ޑިސެންބަރު 2022