ދިވެހިރާއްޖެ
މޭނާސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2023 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 11 ޑިސެމްބަރ 2022 ގައި ކުރި ނަމްބަރ GS47/2022/42 އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ކޮންޓްރެކްޓް އުސޫލުން މީލާދީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.
-
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ޑިސެމްބަރ 18 އިން 20 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 އަށް މޭނާސްކޫލްގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
-
މި މަސައްކަތާއި ބެހޭގޮތުން ދެެވޭ މަޢުލޫމާތު ބައްދަލުވުން އޮންނާނީ 2022 ޑިސެމްބަރ 21 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މޭނާސްކޫލް ލައިބްރަރީގައެވެ.
-
ބިޑް ހުޅުވުން އޮންނާނީ 2022 ޑިސެމްބަރ 27 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މޭނާސްކޫލް ލައިބްރަރީގައެވެ.
ނޯޓް : ބީލަން ހުށަހެޅުއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
-
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
-
މޭނާސްކޫލް
-
ފޯން: 6560001
-
އީ-މެއިލް: [email protected]
15 ޑިސެމްބަރ 2022