މަސައްކަތް
ނަންބަރު: (IUL)318-HR/318/2022/77
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 08:08
ސުންގަޑި: 27 ޑިސެންބަރު 2022 13:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަރަވަންދޫ ސެންޓްރަލް ޕާކް ޕްރޮޖެކްޓް

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ދަރަވަންދޫގައި ތަރައްޤީކުރާ ސެންޓްރަލް ޕާކުގެ ވަށާފާރު ރޭނުމާއި އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގައެވެ.

މަޢުލޫމާތު ދިނުން

2022 ޑިސެންބަރު 20 ވާ އަންގާރަދުވަހުގެ 11:00

އަންދާސީ ހިސާބު ހުށަހެޅުން

2022 ޑިސެންބަރު 27 ވާ އަންގާރަދުވަހުގެ 13:00

އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600002 ފޯނާއި ގުޅުއްވުން އެދެމެވެ.

14 ޑިސެންބަރު 2022