ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)220-HRA/1/2014/119
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 02 ޑިސެންބަރު 2014 17:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އޮތޯރިޓީއަށް ތިރީގައިމިވާ މަޤާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

ސީނިއަރ އޮފިސަރ، ޓެކްސްޕޭޔަރ އެޑިޔުކޭޝަން އެންޑް ފެސިލިޓޭޝަން (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް / ޔުނިޓް:

ޓެކްސްޕޭޔަރ އެޑިޔުކޭޝަން އެންޑް ފެސިލިޓޭޝަން ޑިޕާޓްމަންޓް / ޓެކްސްޕޭޔަރ އެޑިޔުކޭޝަން އެންޑް ފެސިލިޓޭޝަން ޔުނިޓް

އަސާސީ މުސާރަ:

ސީނިއަރ އޮފިސަރ: -/7,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ލިވިންގ އެލަވަންސް: -/2,500 ރުފިޔާ

ނޮން- ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/110 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

- 1415 އަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދީ ފޯނު ކޯލުގެ ލޮގް ބެލެހެއްޓުން

- 1415 އަށް އަންނަ ސުވާލު/ޝަކުވާތަކުގެ ނޮލެޖްބޭސް ބެލެހެއްޓުން

- ޓެކްސްޕޭޔަރ ސަރވިސް ސެންޓަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޓެކުހާބެހޭ މަޢުލޫމާތު ދީ ފޯމު ފުރުމުގައި އެހީތެރިވެދިނުން

ޝަރުޠު:

- އެކައުންޓިންގ، ފައިނޭންސް، ނުވަތަ ބިޒްނަސްއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން

މަޤާމު:

އެސިސްޓެންޓް އޮފިސަރ، އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޔުނިޓް:

ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް / އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޔުނިޓް

އަސާސީ މުސާރަ:

-/4,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ލިވިންގ އެލަވަންސް: -/2,000 ރުފިޔާ

ނޮން- ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/75 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

- ކައުންޓަރުން ސިޓީފަދަ ތަކެތި ބަލައިގަތުމާއި، ފޯނު ކޯލުތަކަށް ޖަވާބު ދިނުން

- އޮތޯރިޓީއަށް އަންނަ ލިޔެކިޔުންތައް އެންޓްރީ ކުރުމާއި އިދާރީގޮތުން އޮފީހުގެ މަސައްކަތަށް ބޭނުންވާ ކަންތައްތައް ހަމަޖައްސައިދިނުން

ޝަރުޠު:

- އޭ ލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯ ލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިޙާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން

މިމަޤާމަށް މުވައްޒަފުން ހޮވުމުގައި، އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމުގެ މާއްދާތައް ހަދާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އެހެނިހެން ޝަރުޠުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި، އަދި މިއޮތޯރިޓީގައި އަދާކުރާ ވަޒީފާއާ މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން. އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
  6. ވަޒީފާގައި މަދުވެގެން 2 އަހަރު ދުވަހު ދެމިހުންނާނެކަމަށް އިޤުރާރުވުން.

މިމަޤާމުތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.
  2. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާމީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
  3. ކަރިކިއުލަމް ވިޓާ (ސީވީ).
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް)).

ނޯޓް:

- މަތީގައިވާ މަޤާމުތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ އަދި ތަޢުލީމީގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މިމަޤާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު ކުށުގެ އެއްވެސް ރިކޯޑެއް ނުވާނަމައެވެ.

މި މަޤާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 02 ޑިސެންބަރު 2014 ގެ 17:00 ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 1415، ފެކްސް: 3316577

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

27 މުޙައްރަމް 1436

20 ނޮވެންބަރު 2014