ދިވެހިރާއްޖެ
އިޢުލާން
އިންއެކްޓިވް ޖަމްޢިއްޔާތަކަށް އިތުރު ފުރުޞަތެއްދިނުން
ޖަމްޢިއްޔާތަކުގެ ޤާނޫނު ނަންބަރު: 2022/3 ގެ 69 ވަނަ މާއްދާގެ ދަށުން އިންއެކްޓިވް ޖަމްޢިއްޔާތަކުން ލިޔެކިޔުން ފުރިހަމަ ކުރުމަށްޓަކައި އިތުރު ފުރުޞަތެއް ދިނުމަށް ވަނީ ނިންމާފައެވެ.
މިގޮތުން ސަރުކާރުން މަދަނީ ޖަމްޢިއްޔާތައް ބާރުވެރިކޮށް، އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަޤްޞަދުގައި އިންއެކްޓިވް ޖަމްޢިއްޔާތަކަށް 09 މެއި 2023 ގެ ނިޔަލަށް އިތުރު ފުރުޞަތެއްދީ އެކަން އަންގާ އިޢުލާނުކުރަމެވެ.
ވީމާ، އިންއެކްޓިވް ވެފައިވާ ޖަމްޢިއްޔާތަކުގެ ތެރެއިން ލިޔެކިޔުން ފުރިހަމަ ކުރަން ބޭނުންވާ ޖަމްޢިއްޔާތަކުން ލިޔުންތައް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 3330808 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.