ދިވެހިރާއްޖެ
(IUL)MMPRC-PRO/1/2022/79 :ނަންބަރ
މި ކޯޕަރޭޝަނުން 2023 ވަނަ އަހަރު ބޭއްވުމަށް ރާވައިފައިވާ "ސްޓޯރީ ޓެލާސް ކޮންފަރެންސް 2023" ހޯސްޓް ކުރާނެ ޕްރޮޕަޓީއެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން (IUL)MMPRC-PRO/1/2022/76 އަށް ޝަރުތު ހަމަވާ ފަރާތެއް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެއިއުލާން ބާޠިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި ކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2022 ޑިސެމްބަރ 25 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް، ހ. ޒޮނޭރިޔާގެ، 4 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބް ހުށައެޅުއްވުން އެދެމެވެ. އަދި މިކަމާގުޅޭ އިތުރު މަޢުލޫމާތު ދިނުން 2022 ޑިސެމްބަރ 20 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ހ. ޒޮނޭރިޔާގެ، 4 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހުގައި އޮންނާނެ ވާހަކަ ދެންނެވީމެވެ.
20 ޖުމާދުލް އޫލާ 1444
14 ޑިސެމްބަރ 2022