ދެންނެވުން
ނަންބަރު: 2022/30
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:31
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސްކިލްޑް ވޯކަރސްގެ މާޤާމުތަކުގެ ޝަރުތު އާންމުކުރުން

ސިވިލް ސަރވިސްގެ މަޤާމުތަކުގެ ތެރޭގައި ހިމެނޭ ސްކިލްޑް ވޯކަރސްގެ ޝަރުތު ފާސްކޮށް މި ސަރކިއުލަރއާއެކު ޢާންމުކުރީމެވެ.

ވީމާ، 2022 ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެން ސްކިލްޑް ވޯކަރސްގެ މަޤާމުތަކަށް އިއުލާންކުރުމުގައި މި ޝަރުތުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ދެންނެވީމެވެ.

14 ޑިސެންބަރު 2022