ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ ތިރީގައި މިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
އާކިޓެކްޓް |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އާކިޓެކްޓް ގްރޭޑް 01 |
މުސާރަ: |
މަހަކު 11,000 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 4400.00 ރުފިޔާ ފޯނު އެލަވަންސް: 450.00 ރުފިޔާ |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 1-3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- މަޝްރޫޢުއެށް ފެއްޓުމަށްޓަކައި ކުރަހަންޖެހޭ ކުރެހުންތަކާއި ޑިޒައިންތައް ޓީމްއަށް ތައްޔާރުކޮށް ހިއްސާކުރުން. - ކްލައިންޓް އެދިލައްވާގޮތަށް ކުރެހުންތައް ތައްޔާރުކުރުން. - އޮޓޯކެޑް އަދި ކަމާގުޅޭ ސޮފްޓްވެއަރ ބޭނުންކޮށްގެން ކުރެހުންތައް ތައްޔާރުކުރުން. - ސާރވޭ ރިޕޯރޓްސ އިންލިބޭ ނަތިޖާއަށް ބިނާކޮށް ކުރެހުންތައް ތައްޔާރުކުރުން. - މަގުތަކުގެ އިންޖިނިއަރިންގ ޑިޒައިންތަކުގެ ފަންނީ މިންގަނޑުތައް ޕްރޮމޯޓްކޮށް ކުރިއެރުވުން. - ކުރެހުންތައް ކުރަހަންވާނީ ކްލައިންޓްއާއި މަޝްވަރާގެ މަތިން، ބަޖެޓްއާއި، ލަނޑުދަނޑިތައް ހާސިލްވާނޭގޮތަކަށެވެ. - ކޮންސްޓްރަކްޝަން ކުރާސަރަހައްދުގައި ކަންހިނގާގޮތް ބެލުން. - ޑިޒައިންތަކުގައި މައްސަލައެއްވާނަމަ އާރކިޓެކްޓް އެއަށް ޒިންމަވާޖެހޭނެއެވެ. - ކޮންސެޕްޓް، ޑިޒައިން، ސްޓްރަކްޗަރގެ މަޢުލޫމާތު، އަދި ކުލައާއި ތަކެތީގެ ތަފްޞީލީ މަޢުލޫމާތު ތައްޔާރުކުރުން. |
މަޤާމް: |
ޑްރާފްޓްސްމަން |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އޮފިސަރ ގްރޭޑް 01 |
މުސާރަ: |
މަހަކު 5500.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 2200.00 ރުފިޔާ |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- ޖީސީއީ އޯލެވެލް ނިންމާފައިވުމާއި އެކު ދިވެހި އަދި އިނގިރޭސި ދެ މާއްދާއިން ދަށްވެގެން 'ސީ' ފާސް ހޯދާފައިވުން. ނުވަތަ - އޮޓޯކެޑް އަދި ސިވިލް 3 ޑި ރަނގަޅަށް ބޭނުންކުރަން އެނގުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- އޮޓޯކެޑް އަދި ކަމާއި ގުޅޭ ސޮފްޓްވެއަރ ބޭނުންކޮށްގެން ކުރެހުންތައް ތައްޔާރުކުރުން - ސާރވޭ ރިޕޯޓްސް އިން ލިބޭ ނަތީޖާއަށް ބިނާކޮށް ކުރެހުންތައް ތައްޔާރުކުރުން. - ތަފްސީލީ ކުރެހުންތައް ތައްޔާރުކުރުން. - ޓެކްނިކަލް ރިޕޯޓުތައް ތައްޔާރުކޮށް ކަމާއިގުޅޭ ފަރާތްތަކާއި ހިއްސާކުރުން. |
ސުންގަޑި: |
- މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 21 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. - ވަޒީފާތަކަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- މި މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޑިސެމްބަރ / ޖަނަވަރީ މަހުގެ ތާރީޚެއްގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކޯޕަރޭޝަނުގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |