މަސައްކަތް
ނަންބަރު: (IUL)GS40/2022/26
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 26 ޑިސެންބަރު 2022 12:00
އއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

މި މަރުކަޒުގެ ސެކިއުރިޓީ އައުޓްސޯސްކުރުމުގެ ގޮތުން ބީލަން ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. މި ކޮންޓުރެކްޓުގެ މުއްދަތަކީ 01  ފެބުރުވަރީ 2023 އިން 31 ޑިސެންބަރު 2023 އަށެވެ.

 

  •    މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ޑިސެންބަރު 15 އިން 2022 ޑިސެންބަރު 26 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  •      މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޑިސެންބަރު 26 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  •      މިބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2022 ޑިސެންބަރު 27 ވާ އަންގާރަ ދުވަހުގެ 9:00 ގައި މި މަރުކަޒުގައި އޮންނާނެއެވެ.

 

  •      ބިޑް ހުޅުވުން އޮންނާނީ 2023 ޖަނަވަރީ 02 ވާ ހޯމަ ދުވަހުގެ 10:00 ގައި މި މަރުކަޒުގައެވެ.   

 

  •      ބީލަމަށް ކުރިމަތިލެވޭނެ ފަރާތްތައް

ބީލަން ހުޅުވާލެވިފައިވަނީ،ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

*      ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.

*      ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

*      ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

*      އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

      ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އއ.އަތޮޅު ތަޢުލީމީ މަރުކަޒު

އއ.ރަސްދޫ ، ދިވެހިރާއްޖެ.

ފޯން:  6660020

އީ-މެއިލް: [email protected]

14 ޑިސެންބަރު 2022