ދިވެހިރާއްޖެ
މި ކޯޓުގެ ކޯޓު ރޫމްގެ ބެކްޕެނަލް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު ޝީޓާއި ކުރެހުން މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ޑިސެމްބަރު 20 ވަނަ ދުވަހުގެ 11:00 ގެ ކުރިން މިކޯޓަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މި ކޯޓުގެ އީމެއިލް [email protected] އަށް މެއިލްކުރުންއެދެމެވެ. ކޯޓޭޝަން ހުށަހަޅާއިރު، ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ކޯޓަށް އެޑްރެސްކޮށް އިޢުލާން ނަންބަރު އިންނަންވާނެއެވެ.
ކޯޓޭޝަން ހުށަހަޅަނީ ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ އާއި އަމިއްލަ ފަރުދަކުނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ޖީ.އެސް.ޓީއަށް ރަޖިސްޓްރީކޮށްފައިވާނަމަ ޖީ.އެސް.ޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ޙާޟިރުވާނަމަ ސަބަބު ބަޔާންކޮށް މި ކޯޓަށް ސިޓީއަކުން ހުށަހަޅަން ވާނެއެވެ.
ކޯޓޭޝަން ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި މިކޯޓުގެ ނަންބަރު 6640336 ނުވަތަ 6640334 ފޯނަށް ގުޅުއްވުން އެދެމެވެ.
20 ޖުމާދުލްއޫލާ 1444
14 ޑިސެމްބަރު 2022