ޢާންމު މަޢުލޫމާތު
ނަންބަރު: 411-B/IUL/2022/41
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 22 ޑިސެންބަރު 2022 12:00
ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ހޯދުން

އިޢުލާން

 

 

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިޙާނު ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. އިމްތިޙާނު އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ.

         

މަޤާމް:

އެގްޒަމިނަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ މުއްދަތު:

02 އަހަރު

އުޖޫރަ:

ދެފުރޮޅުލީ އުޅަނދެއް އިމްތިހާނު ކުރާނަމަ ކޮންމެ ދުއްވުމަކަށް 15.00 (ފަނަރަ) ރުފިޔާ

 

ތިން ފުރޮޅު ނުވަތަ ހަތަރުފުރޮޅުލީ އުޅަނދެއް އިމްތިހާނު ކުރާނަމަ ކޮންމެ ދުއްވުމަކަށް 25.00 (ފަންސަވީސް) ރުފިޔާ

 

ޝަރުޠުތައް:

  1. ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން، އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  2. އެއްގަމު ވެހިކަލް ދުއްވުމުގެ ދާއިމީ ލައިސަންސް އޮތުން.
  3. ޢުމުރުން 55 އަހަރުން ދަށުގެ މީހުން އަދި ރަނގަޅު ޞިއްޙަތެއްގައި ހުރުން.
  4. ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކުރާ މީހެއްކަމުގައި ނުވުމާއި، ވޭތުވެދިޔަ 1 އަހަރުދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ޑްރައިވިންގ ލައިސަންސް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ޑިސެމްބަރ 2022ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12.00ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ އަށެވެ. އަދި މިއިދާރާގެ އީމެއިލް info@dhevvadhoocouncil.gov.mvމެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

 

 

އެގްޒަމިނަރުން ހޮވުމުގައި ދާއިމީ ލައިސެންސްގައިވާ ކެޓަގަރީގެ އަދަދަށާއި، ލައިސެންސްގެ މުއްދަތަށާއި، އަދި ގިނަވަގުތު ރަށުގައި ހުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.

 

 

21  ޖުމާދަލްއޫލާ  1444

14  ޑިސެމްބަރ  2022

 

    

14 ޑިސެންބަރު 2022