ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2022/128
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 22 ޑިސެންބަރު 2022 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަހަން ދަސްކޮށްދޭ ކޯހާއި ގުޅޭ

އިޢުލާން

ނަމްބަރު:  257/257/2022/128(IUL)

ފަހަން ދަސްކޮށްދޭ ކޯހާއި ގުޅޭ

ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިސްނަގައިގެން 2023 ޖަނަވަރީ  01 ގައި އައިސާޓް އާއި ގުޅިގެން ފަހަން ދަސްކޮށްދިނުމުގެ ކޯހެއް ހިންގުމަށް ވަނީ ނިންމާފައެވެ. 

ކޯހުގެ މަޢުލޫމާތު:

  • ކޯސް ހިންގައިދޭ ފަރާތުން ކަނޑައަޅާފައިވަނީ 3 ލެވަލްއެކެވެ. އެ މައުލޫމާތު މި އިއުލާނާއިއެކު އެއްކަރުދާސް ކުރީމެވެ. މި ކޯހުގައި ހިންގޭނީ ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ފަރާތްތަކުން އެދިފައިވާ ލެވަލްއެކެވެ.
  • ކޯހުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިން ފަހާ ހެދުން  ތައްޔާރުކުރުމަށް ބޭނުންވާ ފޮއްޗާއި ތަކެތި ހޯދާނީ އެފަރާތަކުންނެވެ.
  • ކޯސް ފުރިހަމަ ކުރުމުން ސެޓްފިކެޓް ބައިވެރިންނަށް ލިބިގެންދާނެއެވެ.
  • ކޯހުގެ މުއްދަތަކީ 1 މަސްދުވަހެވެ.
  • ފަހާ ފޮއްޓާއި ކަތުރު ހޯދަންޖެހެނީ ބައިވެރިވާ ފަރާތުންނެވެ. ބާކީ ހުރިހާ ތަކެއްޗެއް ފޯރުކޮށްދޭނީ ކޯސް ހިންގާ ފަރާތުންނެވެ.
  •  މި ކޯހުގައި 16 އަހަރުން މަތީގެ އަންހެން ކަނބަލުންނަށް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ.

 

 ކޯހުގެ ފީ ނެގުން ހަމަޖެހިފައިވާ ގޮތް:

 

 މި ކޯސް ކުރިއަށް ގެންދެވޭނީ މަދުވެގެން 25 ބައިވެރިން ހަމަވެގެންނެވެ. ކޯހުގެ ފީ އަކީ -/2000 (ދެހާސް ރުފިޔާ)އެވެ. ބައިވެރިންގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ -/1000 (އެއްހާސް ރުފިޔާ) އެވެ. ކޯހުގައި ބައިވެރިވެ ފައިސާ ދެއްކެވުމަށްފަހު ކޯހުން ވަކިވާން އެދުނު ނަމަވެސް ދައްކާފައިވާ ފައިސާ އަނބުރާ ދޫނުކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ކޮމިޓީގެ ރައީސާ އާބިދާ ޢަބްދުއްރަޙްމާން (ފޯން: 7836117) އާއި ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަދި މިކޯހުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ބާރަށު ކައުންސިލް އިދާރާއިންނާއި ކޮމިޓީގެ ރައީސާ އާބިދާ ޢަބްދުއްރަޙްމާންގެ އަތުން ދޫކުރާ "ފަހާ ކޯހުގައި ބައިވެރިވުމަށް އެދޭ ފޯރމް" ފުރުއްވާ 22 ޑިސެންބަރ 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ބާރަށު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ދޫކުރުމާއި ފޯމް ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން މެންދުރުފަހު 13:00އަށް  ބާރަށު ކައުންސިލް އިދާރާއިންނެވެ.

 

          ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

     

           20 ޖުމާދަލްޢޫލާ 1444

           14  ޑިސެމްބަރ 2022

 

14 ޑިސެންބަރު 2022