ވަޒީފާގެ ފުރުޞަތު
ނަންބަރު: 146-A1/2014/193
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:18
ސުންގަޑި: 01 ޑިސެންބަރު 2014 14:30
ފެމިލީ ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

 ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

01 (އެކެއް)

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން:

ފެމިލީކޯޓު / ޕްރޮކިއުމެންޓް ސެކްޝަން

ރޭންކް:

އެމް.އެސް 03

މުސާރަ:

7035.00 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް 2000.00 ރުފިޔާ،

- ޖުޑީޝަލް އެލަވަންސް މުސާރައިގެ %40،

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު:

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއު ގައި ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން، ނުވަތަ

- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުން ދިއުމާއިއެކު، އެމް.އެސް 2 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކޯޓަށް ބޭނުންވާ ހުރިހާ ބާވަތެއްގެ މުދަލާއި ތަކެތި ހޯދުމުގެ މަސައްކަތް އިންތިޒާމްކޮށް ބެލެހެއްޓުން.

- ޕްރޮކިއުމަންޓް އެންޑް މެއިންޓެނަންސް ސެކްޝަނުގެ ކަންކަން ހިންގާ ބެލެހެއްޓުން.

- ސަޕޯޓް ސްޓާފުންގެ މަސައްކަތް ރާވާ ސްޕަވައިޒްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

- ދައުލަތުގެ މާލިއްޔަތު ޤާނޫނާއި، ޤަވާއިދާއި، ޕްރޮކިއުމަންޓުގެ އުސޫލުތަކަށް އަހުލުވެރި ވެފައިވާ މީހަކަށްވުން.

- މިދާއިރާގެ ތަޖްރިބާ ހުރި މީހުންނަށް އިސްކަންދެވޭނެއެވެ.

- އެސް،އޭ،ޕީގެ އެމް،އެމް، މޮޑިއުލް ބޭނުންކުރަން އެނގޭ މީހެއްކަމުގައިވުން.

- އިންފޮމޭޝަން ޓެކްނޮލޮޖީއަށް އަހުލުވެރިވެ އެކަމުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވުން.

- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

- އެހެން މީހުނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން.

- ދިވެހި އަދި އިނގިރޭސީ ބަހުން މުޢާމަލާތު ކުރުމުގެ ހުނަރު.

- އެޓިޓިއުޑު، ޓީމް ވޯކް އަދި އިސްނެގުން.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު (މިކޯޓުގެ ރިސެޕްޝަނުންނާއި މިކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ.
  5. އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

- ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

ސުންގަޑި:

01 ޑިސެންބަރު 2014 ގެ 14:30 ކުރިން.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވޭނީ ފެމިލީ ކޯޓުން ކަނޑައަޅާ އިންޓަރވިއު ޕެނަލްގައި މިމަޤާމުގެ ވާޖިބުތައް އަދާކޮށް ދެވޭނެކަން ސާބިތުކޮށް ދިނުމުންނެވެ.

- މިމަޤާމަށް އެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން މިމަޤާމްގެ ޝަރުޠު ފުރިހަމަ ނުވާކަމަށް މިކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމުތައް ކެންސަލް ކުރެވޭނެއެވެ.

- ނޯޓު: މިވަޒީފާ އަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 20 ކެންޑިޑޭޓުންނަށްވުރެ ގިނަވެއްޖެނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަރވިއު ޕެނަލްއިން ކަނޑައަޅާ އަދަދަކަށް އިންޓަރވިއު ކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

19 ނޮވެންބަރު 2014