ނީލަން
ނަންބަރު: MTCC-TD/IU/2022/0458
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 21 ޑިސެންބަރު 2022 16:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ބޭނުންކޮށްފައިވާ ސްޕެއާރ ޕާޓްސް ތަކެއް، ނީލަމުގައި ވިއްކާލުމަށް

ބޭނުންކޮށްފައިވާ ސްޕެއާރ ޕާޓްސް ތަކެއް، ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. މި ނީލަން ފެށޭނީ 18 ޑިސެމްބަރ 2022 ގައެވެ. އަދި މި ތަކެތި ހުންނާނީ އެމްޓީސީސީ ސައިޓް (ކ.ތިލަފުށި) ގައެވެ.

 ތަކެއްޗާއި ބެހޭ މަޢުލޫމާތު:

ނީލަން ނަންބަރ

ތަކެތީގެ ތަފްސީލް

ބާވަތް

އޮތް ތަން

ނީލަން ފެށޭއަގު

މަދުވެގެން އިތުރު ކުރެވޭނެވަރު

S-04/2022

 ސްޕެއާރ ޕާޓްސް

ދަގަނޑު

އެމްޓީސީސީ ސައިޓް (ކ.ތިލަފުށި)

 30،000.00 ރ

2،000.00 ރ

ތަކެތީގެ ހާލަތު ބެލުން

  1. ތަކެތީގެ ފެންވަރާއި ހާލަތު ބެލުމަކީ ނީލަމުގައި ބައިވެރިވާ ފަރާތުގެ ޒިންމާއެކެވެ.
  2. މި ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން އެމްޓީސީސީ ސައިޓް (ކ.ތިލަފުށި) އަށް ބަންދު ނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި ވަޑައިގަތުމުން ބެއްލެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ. 

ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުން

ނީލަމުގައި ބައިވެރިވެވޭނީ، ކަނޑައެޅިފައިވާ ޑިޕޮސިޓް ދެއްކުމަށްފަހު ސިޓީލާ ނީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.  ޑިޕޮސިޓްގެ ގޮތުގައި 10،000.00ރ ދައްކަންވާނެއެވެ. ޑިޕޮސިޓް ފައިސާ ބަލައިގަނެވޭނީ އޮންލައިން އެކައުންޓް ޓްރާންސްފަރ މެދުވެރިކޮށެވެ. ޑިޕޮސިޓް ފައިސާ ޓްރާންސްފަރ ކުރާނީ މި ކުންފުނީގެ އެކައުންޓް ނަންބަރު:  7701-100668-003 އަށެވެ.

 

ނީލަން ކުރިއަށްދާނެ ގޮތް

ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ފަރާތްތަކުން އަގުހުށަހަޅަން ވާނީ އެމްޓީސީސީ ސޯމިލް ގައި ބަހައްޓާފައިވާ ފޮއްޓަށެވެ.

ކޮންމެ ދުވަހެއްގައި އެ ދުވަހަކު ހުށަހެޅޭ އެންމެ މަތީއަގު އެދުވަހެއްގެ މެންދުރު 12:00 ގައި މިކުންފުނީގެ ނޯޓިސްބޯޑްގައި ޝާއިއުކުރެވޭނެއެވެ.

ހުށަހަޅާ އެންމެ މަތީ އަގަށް ބަދަލުނައިސް ވިދިވިދިގެން ރަސްމީ ބަންދުނޫން 2 ދުވަސް ވޭތުވެއްޖެނަމަ، އެހާތަނަށް ހުށަހެޅިފައިވާ އަގަކީ އެ މުދަލަށް ހުށަހެޅުނު އެންމެ މަތީ އަގު ކަމުގައި ކަނޑައަޅައި، އެ އަގު ހުށަހަޅާފައިވާ ފަރާތަކަށް ނީލަން ނިމޭނެއެވެ.

ނީލަން ކާމިޔާބުކުރާ ފަރާތުން ފައިސާ ދެއްކުމާއި ޑިޕޮސިޓް ފައިސާ އަނބުރާ ދިނުން

ނީލަން ކާމިޔާބުކުރާ ފަރާތުން ތަކެތީގެއަގު ދައްކާ ހަލާސްކުރާނީ ޑިޕޮސިޓް ފައިސާ އުނިކުރުމަށްފަހުއެވެ. އަދި ނީލަން ކާމިޔާބުކުރާ ފަރާތުން 24 ގަޑިއިރު ތެރޭގައި ފައިސާ ނުދައްކައިފިނަމަ ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓިފައިވާ ފައިސާ އަނބުރާ ރައްދުކޮށް ނުދެވޭނެއެވެ.

ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ނުވި ފަރާތްތަކަށް ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އަނބުރާ ރައްދުކުރެވޭނެއެވެ.

ނީލަން ކާމިޔާބުވި ފަރާތުން ނީލަން ނިމޭތާ 24 (ސައްވީސް) ގަޑިއިރު ތެރޭގައި ފައިސާ ދެއްކުމަށްފަހު ގިނަވެގެން 2 (ދެ) ދުވަސްތެރޭގައި ނީލަމުގައި ބައްލަވައިގަތް ތަކެއްޗާއި ހަވާލުވެ ގެންދަން ވާނެއެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމަށްފަހު ނީލަމުގައި ބައްލަވައިގަތް ތަކެތި ނުގެންގޮސްފިނަމަ، އަލުން އެ ތަކެތި ނީލަން ކިއުން ނުވަތަ ނައްތާލުމުގެ އިޙްތިޔާރު އެމްޓީސީސީ އަށް ލިބިގެންވެއެވެ.

އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 1650 ފޯނާ ގުޅުއްވުން އެދެމެވެ.

14 ޑިސެންބަރު 2022