ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)257/257/2022/127
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:20
ސުންގަޑި: 22 ޑިސެންބަރު 2022 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު( ކޮންޓްރެކްޓް އެމްޕްލޯއީމަންޓް - މަސައްކަތު)

އިޢުލާން

ނަމްބަރު: 257/257/2022/127(IUL)

ވަޒީފާގެ ފުރުޞަތު

މި އިދާރާއިން ބަލަހައްޓަމުންގެންދާ ކުނިކޮށީގައި ކޮންޓްރެކްޓް އެމްޕްލޯއިމަންޓް ގެ ދަށުން މަސައްކަތް ކުރާނެ މީހުން ބޭނުންވެއްޖެއެވެ.

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

03  (ތިނެއް)

މަޤާމުގެ ގިންތި:

ވަގުތީ/ކޮންޓްރެކްޓް          

މަސައްކަތް ކުރާނެ ތަން:

ހއ. ބާރަށު ކުނިކޮށި

ބޭނުންވާ މުއްދަތު:

02 އަހަރު

ރޭންކް:

އެސް.އެސް 1

މުސާރަ:

3500.00 ރުފިޔާ

އެހެނިހެން އިލަވަންސް:

  1. ކައުންސިލުން ދިނުމަށް ހަމަޖައްސަވާ އުޞޫލުން ރަމަޟާން މަހުގެ ޢިނާޔަތު ފައިސާ.
  2. އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ބާރަށު ކައުންސިލުން ކަނޑަ އަޅާ އުޞޫލުން އިތުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

01 ރަށުކައުންސިލުން ހަމަޖައްސާ އުޞޫލެއްގެ މަތީން ކުނިޖަމާކުރެވޭ ކުނި ކޮށީގައި މަސައްކަތް ކުރުން.

02 ކޮންމެ މަސައްކަތު ދުވަހެއްގެ ހެނދުނު 07.55 ގެ ކުރިން ކައުންސިލް އިދާރާއަށް ހާޒިރުވެ ހާޒިރީގައި ސޮއިކޮށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަނަށް ހާޒިރުވެ މަސައްކަތްކުރުން.

03 ކައުންސިލް އިދާރާއިން އަންގާ އުޞޫލެއްގެ މަތީން ކުނި ކޮއްޓަށް ކުނިގެންދާ ފަރާތްތަކުން އުޞޫލުން ބޭރުން ޢަމަލުކުރާނަމަ އެކަންކަން ނޯޓުކޮށް ކައުންސިލް އިދާރާއަށްއެންގުން.

04 ކުނިކޮށި ހިމެނޭ މަގާއި ކުނިކޮށި އިންވެގެންވާ ސަރަހައްދު ވިނަނޮޅާ ސާފުކުރުން.

05 ކުނިކޮށި އެތެރެ ތަރުތީބުކޮށް ބެލެހެއްޓުމާއި، ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން.

06 ކައުންސިލް އިދާރާއިން ހަމަޖައްސާ އުޞޫލާއެއްގޮތައް ކުނިކޮށީގެ ޢިމާރާތަށާއި، ސޯޓްރަކްޗަރގެ ކުދި މަރާމާތުތައްކޮށް އާބާތުރަ ފިލުވުން.

07 ކައުންސިލް އިދާރާއިން ކަނޑަ އަޅާވަގުތައް ކުނިކޮށި ބަންދުކުރުން. އަދި ކުނިކޮއްޓަށް ކުނިއަޅަމުންގެންދަނީ ކައުންސިލް އިދާރާއިން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތައްކަން ކަށަވަރުކޮށް އެނޫން ޙާލަތްތަކުގާ އެކަމެއް އިޞްލާޙް ކުރުވުން.

08 މީގެއިތުރުންވެސް ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތީން ކުނި މެނޭޖުކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

 09 ކައުންސިލުން ކަނޑަ އަޅާ ގޮތެއްގެ މަތީން ގޭގެ އަށްގޮސް ކުނި ނެގުން.

10  ކައުންސިލުން އަންގާ ގޮތެއްގެ މަތީން ގޭބީސީ ތަކުން ކުނިނަގައި ކައުންސިލުގެ ކުނި މެނޭޖުކުރާ ޕިކަޕްގައި ކުނިކޮއްޓަށް ގެންގޮސް ކުނި އަޅަންޖެހޭ ސަރަހައްދު ތަކަށް ކުނި އުކާލުން. 

މަޤާމުގެ ޝަރުޠުތައް:

01. ލިޔަން ކިޔަން އެނގުމާއިއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން (ލިޔަން ކިޔަން އެނގޭކަން ދެނެގަތުމަށްޓަކައި ދައްވެގެން ގްރޭޑް 05 ނިންމިކަމުގެ ލީވިން ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާއަކުނަ ދޫކޮށްފައިވާ ލިޔުމެއް ހުށައަޅަންވާނެއެވެ. ނުވަތަ މަސައްކަތްކުރުމުގެ ގާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ މީހަކަށް ވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  6. ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

01 މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.

02 މަސައްކަތުގެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ބޭނުންވާ ސިފަތައް ދެނެގަތުމަށް އިންޓަވިއުކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ޑިސެމްބަރު 2022 ވަނަ ދުވަހުގެ 13.00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް އެޑްރެސް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން)  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 27 ޑިސެމްބަރު 2022 އާއި 29 ޑިސެމްބަރު 2022 އާއި ދެމެދު ހއ. ބާރަށު ކައުންސިލުގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6500170) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

14 ޑިސެންބަރު 2022