މަސައްކަތް
ނަންބަރު: ނަންބަރު:GS112/IUL/2022/21
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:03
ސުންގަޑި: 25 ޑިސެންބަރު 2022 10:00
ޅޮހީ ސްކޫލް
ދިވެހިރާއްޖެ
2023 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ނަންބަރު:GS112/IUL/2022/21                                                     

އިޢުލާން

 

2023 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

         ބީލަން ހުށަހެޅުމުގެ ދަޢުވަތު

             ކޮންޓްރެކްޓް އުސޫލުން މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.         

 މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  14  ޑިސެމްބަރ 2022 އިން 21 ޑިސެމްބަރ 2022  އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 10:00 އަށް މިސްކޫލުގެ އިދާރާ އަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އެޑްރެސްއަށް

  • މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:
  • ކުންފުނި/ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ،
  • ފޯން ނަންބަރ، ގުޅޭނެ ފަރާތެއްގެ މަޢުލޫމާތު:

21 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ 10:00 ކުރިން އީމެއިލް ކުރެއްވުން އެދެމެވެ.

ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން  މަޢުލޫމާތުދިނުން 21 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ 10:00 ޅޮހީ ސްކުލްގައި އޮންނާނެއެވެ.      

ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ  25 ޑިސެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ޅޮހީ ސްކޫލްގައެވެ.

މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޅޮހީ ސްކޫލް

ނ. ޅޮހި، ދިވެހިރާއްޖެ

 

ފޯން: 9639585

އީ-މެއިލް: [email protected]

14 ޑިސެންބަރު 2022