| 
 މަޤާމް: 
 | 
 އެޑްވޮކޭޓަރ 
 | 
| 
 ބޭނުންވާ ޢަދަދު: 
 | 
 01 
 | 
| 
 މަޤާމުގެ ކްލެސިފިކޭޝަން: 
 | 
 އެސިސްޓެންޓް ޑިރެކްޓަރ 
 | 
| 
 މަޤާމުގެ ރޭންކް: 
 | 
 އެމް.އެސް 3 
 | 
| 
 މަޤާމުގެ ގިންތި: 
 | 
 ދާއިމީ 
 | 
| 
 ވަޒިފާއަދާ ކުރަންޖެހޭ ތަން: 
 | 
 ޓްރެއިނިންގ އެންޑް އެޑްވޮކަސީ ސެކްޝަން - ލޯކަލް ގަވަރމަންޓް އޮތޯރިޓީ/ މާލެ 
 | 
| 
 އަސާސީ މުސާރަ: 
 | 
 7,035.00ރ 
 | 
| 
 ސަރވިސް އެލަވަންސް: 
 | 
 2,000.00 ރ 
 | 
| 
 އެހެނިހެން އެލަވަންސް: 
 | 
 އެކްސްކްލޫސިވް ޖޮބް އެލަވަންސް: 
 | 
 އަސާސީ މުސާރައިގެ %35 (ތިރީސް ފަސް އިންސައްތަ) 
 | 
| 
 ލިވިންގ އެލަވަންސް: 
 | 
 4,000.00ރ (ޕްރޮބޭޝަނަށް ފަހު) 
 | 
| 
 ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 
 | 
| 
 މަޤާމުގެ އަސާސީ ޝަރުތު: 
 | 
 1)  މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެތަޖުރިބާ ލިބިފައިވުން. 
ނުވަތަ 
2)  މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 
ނުވަތަ 
3)  މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 
 | 
| 
 އެހެނިހެން މަޢުލޫމާތު: 
 | 
 މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާތައް: 
- މެނޭޖްމެންޓް 
 
- ކިޔަވައިދިނުމާއިގުޅޭ ދާއިރާ 
 
- ސްޓެޓިސްޓިކްސް އެންޑް ރިސާރޗް
 
- ޕްރޮޖެކްޓް މެނޭޖްމެންޓް 
 
- ފައިނޭންޝިއަލް މެނޭޖްމެންޓް
 
- އޮޑިޓް ދާއިރާ
 
- ޕްލޭނިންގ ދާއިރާ
 
- އެޑްމިނިސްޓްރޭޝަން
 
- އައިޓީ ނުވަތަ ޑިޖިޓަލައިޒޭޝަން އާއިގުޅޭ ދާއިރާ 
 
 
ތަޢުލީމީ ރޮނގުތައް: 
- ގަވަރނަންސް
 
- ސޯޝަލް ސައިންސް 
 
- ޕޮލިޓިކަލް ސައިންސް 
 
- އެޕްލައިޑް ސައިންސް
 
- މެނޭޖްމެންޓް
 
- ކޮމިއުނިކޭޝަން
 
- ޓީޗިންގ
 
- އެޑްމިނިސްޓްރޭޝަން
 
- އެކައުންޓިންގ އެންޑް ފައިނޭންސް 
 
 
  
- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ (އެމް.އެން.ކިއު.އެފް) ލެވެލް 9 ގެ ސަނަދެވެ. އަދި ލެވެލް 10 ން ފެށިގެން މަތީ ސަނަދުތައް މި މަޤާމަށް އޯވަރކޮލިފައިޑް ކަމަށް ބެލެވޭނެއެވެ.
 
- މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދު އޮތްކަމުގައި ވީނަމަވެސް މި މަޤާމުގެ އަސާސީ ޝަރުތެއް ފުރިހަމަ ނުވާނަމަ މަޤާމަށް ޑިސްކޮލިފައި ކުރެވޭނެއެވެ. 
 
- މަޤާމުގެ ދާއިރާތަކާއި އެމީހެއްގެ ތައުލީމީ ސެޓްފިކެޓްތައް ގުޅޭތޯ ބެލުމުގައި ސެޓްފިކެޓްގެ ނަމާއި މަޤާމުގެ މަސައްކަތާއި ގުޅޭކަން ސާފުކޮށް ކަނޑައަޅަން ދަތިވާ ހާލަތުގައި، ކޯހުގެ ނަމަށް ބެލުމުގެ ބަދަލުގައި ބަލާނީ އެމީހަކު ކޯހުގައި ފުރިހަމަ ކުރި މޮޑިއުލްތަކުގެ ގޮތުގައި ޓްރާންސްކްރިޕްޓުގައި ބަޔާންކޮށްފައިވާ މޮޑިއުލްތަކަށެވެ. މިގޮތުން ކޯހުގައި ކިޔަވާފައިވާ މޮޑިއުލްތަކުގެ 30 އިންސައްތަ މޮޑިއުލްއަކީ މަދުވެގެން މަޤާމުގެ މަސައްކަތާ ގުޅޭ މޮޑިއުލްތަކަކަށް ވާންވާނެއެވެ. މަޤާމުގެ މަސައްކަތާއި ގުޅޭ މޮޑުއުލްތަކުގެ އަދަދު 30 އިންސައްތައަށްވުރެ މަދުވާނަމަ އެ ކޯހަކީ މަޤާމާއި ގުޅޭ ސެޓްފިކެޓެއް ކަމަށް ނުބެލޭނެއެވެ.
 
- ވަޒީފާއަށް ނެގޭ މުވައްޒަފުގެ ފުރަތަމަ 3 (ތިނެއް) މަސްދުވަހަކީ ޕްރޮބޭޝަންގެ މުއްދަތެވެ.
 
 
 | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
   
- ކައުންސިލުތަކުގައި ފަންނީ ޤާބިލުކަން ހުރި މިންވަރު ބެލުމަށް ކުރެވޭ ދިރާސާތަކަށް ރިޢާޔަތްކޮށް ކައުންސިލްތަކަށް ދޭންޖެހޭ ތަމްރީނުތައް ދިނުމާއި އެކަމަށް ބޭނުންވާ ޓްރެއިނިންގ ކޯސްތައް ފަރުމާ ކުރުމާއި، މުޤައްރަރުތައް އެކުލަވާލުމާއި އެމް.ކިއު.އޭ އަށް ހުށަހަޅައިގެން ކޯސްތައް އެކްރެޑިޓް ކުރުމަށް މަސައްކަތްކުރުމާއި، ޓްރޭނިންގ އަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރުމުގެ ކަންކަން ކުރުން.
 
- ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި ޢާއްމުން ހޭލުންތެރި ކުރުވުމަށް ތައްޔާރުކުރެވޭ ލީފްލެޓާއި ފޮތްފަދަ ތަކެތި ތައްޔާރުކުރުމުގައާއި، ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން
 
- އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވާ ހިންގުމާއި އެކަމަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުން
 
- ކައުންސިލްތަކުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން އެދިގެން ހިންގާ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި އިދާރީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުން.
 
- އަލަށް އިންތިޚާބު ކުރެވޭ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާކޮމިޓީތަކުގެ މެންބަރުން މަޤާމަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް ރާވައި ހިންގުމާއި، ކައުންސިލަށް ލަފާދޭ ކޮމިޓީތަކުގެ މެންބަރުންނަށް ބޭނުންވާ މަޢުލޫމާތު ސެޝަންތައް ހިންގުން
 
- ކައުންސިލްތައް މޮނިޓަރިކޮށް އެއްކުރެވޭ މަޢުލޫމާތުތައް ދިރާސާކުރުމާއި އެކަންކަމާއި ގުޅިގެން އެކުލަވާލަންޖެހޭ ޓްރެއިނިންތައް އެކުލަވާލާ ހިންގުން
 
- ލާމަރުކަޒީ ނިޒާމް ހިންގުމަށް ކަނޑައެޅިފައިވާ ތަމްރީންތައް މުރާޖަޢާކުރުން
 
- ކައުންސިލްތަކުގެ އާމްދަނީ އާއި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށް ފުޅާކުރުމަށްޓަކައި ބޭނުންވާ ތަމްރީނާއި ހުނަރު ފޯރުކޮށްދިނުން
 
- އޮތޯރިޓީން ރާވާ ހިންގާ ޓްރެއިނިންގ ޕްރޮގްރާމްތަކާއި ވަރކްޝޮޕުތަކުގައި ކިޔަވައިދޭނެ ފެސިލިޓޭޓަރުން ހޯދާ ކަމާގުޅޭ މަޢުލޫމާތާއި ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުން
 
- ސެކްޝަނަށް އަންނަ ސިޓީ، ފެކްސް އަދި އީ.މެއިލް ފަދަ ތަކެތީގެ ތެރެއިން ޓްރެއިނިންގ އެންޑް އެޑްވޮކަސީ ސެކްޝަންއިން ޖަވާބު ދާރީވާންޖެހޭ ސިޓީ އަދި ފެކްސް ފަދަ ތަކެއްޗަށް ޖަވާބުދާރީވުމަށް އެހީތެރިވެދިނުން.
 
- އެހެން ސެކްޝަންތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާއި މަސައްކަތުގެ ދާއިރާއިން އޮފީހުން ހަވާލުކުރާ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.
 
- އޮފީހުގެ ކަންކަން ޤާނޫނާއި ގަވާއިދާ އެއްގޮތަށް ގެންދިއުމަށް މަސައްކަތްކުރުމާއި، އޮފީހުގެ ކަންކަން ކުރުމުގައި އިސްނަގާ ޙަރަކާތްތެރިވުމާއި އޮފީހުގެ މަސައްކަތްތައް ތަރައްޤީކުރުމަށް އެހީތެރިވެދިނުމާއި، ރަނގަޅު މަސައްކަތު މާޙައުލެއް އުފެއްދުމަށް މަސައްކަތްކުރުން.
 
- މިނޫންވެސް އޮފީހުން ހަވާލުކުރާ އޮފީހާ ގުޅުން ހުރި ރަސްމީ މަސައްކަތްތައް ކުރުން.
 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި، އެސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓް ކޮޕީ
 
- ލިބިފައިވާ ކުރު މުއްދަތު ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
 
- ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ
 
 
ނޯޓް: 
- ރާއްޖޭގައި ހިންގާ ތައުލީމުދޭ މަރުކަޒަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީގައި އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލޮފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު ނުވަތަ އެކޯހެއް ޤަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
 
- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެނގޭނެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ޝޯޓް ލިސްޓްވާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު އޮތޯރިޓީއަށް ގެންނަންވާނެއެވެ.
 
- ތަޖްރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަޤާމުގެ ނަން، މަޤާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއިއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ. އަދި އަމިއްލަ ކުންފުންޏެއްނަމަ މި މަޢުލޫމާތުގެ އިތުރުން ތަނުގެ މުވައްޒަފުންގެ އަދަދު ހިމަނަންވާނެއެވެ.
 
 
 | 
| 
 މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް: 
 | 
- މަޤާމަށް މީހަކު ނެގުމަށް ޕޮއިންޓް ދިނުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތެއްގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.
 
 
- ތަޢުލީމާއި ތަމްރީން: %40 
- މަސައްކަތު ތަޖުރިބާ: % 12 
- ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): %48  
- މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ބެލެވޭނީ، ލިބިފައިވާ ތައުލީމާއި، ތަޖުރިބާ އަދި ހުނަރު މި 3 ބައި އެއްކޮށްލުމުން 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ޖުމްލަ މާރކްސް ލިބިފައިވުމާއިއެކު 'ހުނަރު' މިބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ލިބުމުންނެވެ.
 
 
 | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
 | 
- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ޑިސެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން ވަޒިފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވާ ފަރާތްތަކުން [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އަދި އީމެއިލް މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
 
- އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
 
 
 | 
| 
 އިތުރު މަޢުލޫމާތު: 
 | 
- ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
 
- މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއިއެވެ.
 
- ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި، މައުލޫމާތު ސައްޙަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ.
 
- އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3013100 ފޯނަށް ގުޅުއްވުން އެދެމެވެ.
 
 
 |