ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)22-PU/1/2014/240
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި: 01 ޑިސެންބަރު 2014 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މެޝިނަރީ ގަތުމަށް

މެޝިނަރީ ގަތުމަށް ބޭނުންވެއްޖެ

ހުޅުމާލޭގައި އަލަށް ޢިމާރާތްކުރެވުނު ސްކޫލަށް ބޭނުންވާ މެޝިނަރީ ގަތުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2014/227) އިޢުލާނާ ގުޅިގެން ތިރީގައި މިދަންނަވާ މެޝިނަރީއަށް 3 ފަރާތުން އަގު ހުށަހަޅާފައިނުވާތީ، އެތަކެތި ގަތުމަށް އަލުން އިޢުލާން ކުރީމެވެ.

100 ކޮމްޕިއުޓަރ ސިސްޓަމް

02 ލެޕްޓޮޕް

02 ޕްރޮޖެކްޓަރ

01 ސަރވަރ

01 ފޮޓޯކޮޕީމެޝިން

01 ޓީވީ 42 އިންޗި

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަ ފަންގިފިލާ) ގެ މީޓިންގރޫމް 04 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަ ފަންގިފިލާ) ގެ މީޓިންގރޫމް 04 އަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

01 ޑިސެންބަރު 2014 (ހޯމަ) ދުވަހުގެ 14:00 އަށް

04 ޑިސެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3341404 ފޯނާ ގުޅުއްވުމުން އެދެމެވެ.

27 މުޙައްރަމް 1436

20 ނޮވެންބަރު 2014