ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)389/389/2022/45
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:56
ސުންގަޑި: 20 ޑިސެންބަރު 2022 14:00
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023 ވަނަ އަހަރު ވޭޖް އުޞޫލުން މިސްކިތްތަކުގައި މަސަތްކަތް ކުރާނެ އިމާމު/މުދިމުން ހޯދުން.

`

 

 

ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ

  ތ. ހިރިލަންދޫ، ދިވެހިރާއްޖެ    

                   ނަންބަރު:  (IUL)389/389/2022/45

އިޢުލާނު

2023 ވަނަ އަހަރު ވޭޖް އުޞޫލުން މިސްކިތްތަކުގައި މަސަތްކަތް ކުރާނެ އިމާމު/މުދިމުން ހޯދުން.

 

މަޤާމު:

ވަގުތީ އިމާމު/މުދިމު

މަޤާމުގެ ގިންތި:

ވަގުތީ (01 ޖަނަވަރީ 2023 އިން 31 ޑިސެމްބަރު 2023)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ / ތ. ހިރިލަންދޫ، ދިވެހިރާއްޖެ

މުސާރަ، އެހެނިހެން އެލަވަންސް:

އިމާމު: ނަމާދު ކުރާ ކޮންމެ ވަގުތަކަށް 61.00 (ފަސްދޮޅަސް އެކެއް) ރުފިޔާ

މުދިމު: ނަމާދު ކުރާ ކޮންމެ ވަގުތަކަށް 53.00 (ފަންސާސް ތިނެއް) ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ކައުންސިލުގެ އިދާރާއިން ހަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު، ނަމާދު ވަގުތުގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރުން.

2. މިސްކިތާއި މިސްކިތުގެ ތަކެއްޗަށް ލިބެމުންދާ ގެއްލުންތަކާއި ދަތިވާ ކަންތައްތަކާއި މިސްކިތާއި ބެހޭގޮތުން ރައްޔިތުން ކުރާ ޝަކުވާގެ އަޑުއަހާ އެ ޝަކުވާތައް ކައުންސިލް އިދާރާއަށް އަންގައި ކައުންސިލުގެ ލަފާގެމަތިން އެކަން ރަނގަޅުކުރުން.

3. މިސްކިތުގެ ސައުންޑްސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކައުންސިލް އިދާރާއަށް އަންގައިގެން ޙައްލުކުރުމަށް މަސައްކަތްކުރުން

4. ރަށު ކައުންސިލުން އަންގައިފި ހިނދެއްގައި އިމާމުވެ ކޭތަނަމާދު، ކަށު ނަމާދު އިމާމުވެ ނަމާދުކުރުން

5. މިސްކިތް ތެރޭގައި މިސްކިތުގެ ހުރުމަތް ކެނޑޭގޮތަށް ޢަމަލުކުރަމުން އަންނަ ފަރާތްތަކަށް ނަސޭހަތްދީ އެކަން ހުއްޓުވުން

6. މިސްކިތުގައި ދީނީދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަންދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން

7. ކައުންސިލް އިދާރާގެ މަސައްކަތްތަކާ ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލާއި ސެކްރެޓަރީ ޖެނަރަލްއަށް ފުރިހަމައަށް ޖަވާބުދާރީވުން.

8. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.

މަޤާމުގެ ޝަރުޠުތައް:

 .1 އިމާމުވެ ނަމާދު ކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދު ކުރެވޭ ވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުން.

 2. ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް  ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ.

އިތުރު މަޢުލޫމާތު

މަޤާމުގެ ޝަރުތު ހަމަވާ ހުރިހާ ބޭފުޅުންވެސް ޕޫލްގައި ހިމެނިގެންދާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ޑިސެމްބަރ 20 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780032 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

13  ޑިސެމްބަރު  2022

13 ޑިސެންބަރު 2022