ދިވެހިރާއްޖެ
ޕްރީސްކޫލް ދަރިވަރުންގެ އައުޓްޑޯ ޕްލޭގްރައުންޑް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން.
އިޢުލާން
މި ސްކޫލުގެ ގޯތިތެރޭގައިވާ ޕްރީސްކޫލް ދަރިވަރުންގެ އައުޓްޑޯ ޕްލޭގްރައުންޑް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 13 ޑިސެންބަރު 2022 ވަނަ ދުވަހުން ފެށިގެން 21 ޑިސެންބަރު 2022ވަނަ ދުވަހާއި ދެމެދު މިއިދާރާގައި ނަންނޯޓްކުރައްވައި، 2022 ނޮވެމްބަރ 22 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30އަށް ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2022 ނޮވެމްބަރ 25ވާ އާދިއްތަ ދުވަހުގެ 13:00ށް ބިޑް ހުށަހެޅުއްވުން އެދެމެވެ.
ނަން ނޯޓް ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
- ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ.
- މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.
- މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން އަންގަވަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.
- މިކަމާއިގުޅޭ ބިޑްފޮތް މި ސްކޫލުން ލިބޭނޭ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ވ.އަތޮޅު ތަޢުލީމީ މަރުކަޒު
ވ. ފެލިދޫ / ދިވެހިރާއްޖެ
ފޯން: 6700026
އީ-މެއިލް އެޑްރެސް: [email protected]