ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)447-CS1/1/2014/19
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:19
ސުންގަޑި: 04 ޑިސެންބަރު 2014 15:00
ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހަކު ބޭނުންވެއްޖެ.

 

މަޤާމު

އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރ

 

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ.އެސް 4 / އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

ބޭނުންވާ އަދަދު

01

 

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ޔުނިޓު

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް / ޕަބްލިކް ވަރކްސް ސަރވިސަސް / ކ. މާލެ

 

މުސާރައާއި ޢިނާޔަތްތައް

މުސާރަ: -/5,020 ރ

ސަރވިސް އެލަވަންސް: -/1,500 ރ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

(އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީ ފައިސާ ދެވޭނެ.)

 

ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ކުރަންޖެހޭ ޢިދާރީ މަސައްކަތްތައް އިންތިޒާމުކުރުން.
  2. ޕްރޮޖެކްޓްތަކާއި ގުޅޭ ސިޓީ، ނޯޓް، މެމޯ އަދި ރިޕޯޓު ފަދަ ތަކެތި ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ޕްރޮޖެކްޓް ފައިލް ބެލެހެއްޓުން.
  3. ޕްރޮޖެކްޓް ތަކާގުޅޭ މީޓިންގ ތައް އިންތިޒާމްކޮށް ޔައުމިއްޔާ ލިޔުން.
  4. ޕްރޮޖެކްޓްތަކުގެ ސްޓޭޓަސް ރިޕޯޓްތައް ތައްޔާރުކުރުމާއި އެފަދަ މަޢުލޫމާތު ދޭންޖެހޭ އިތުރު ފަރާތްތަކަށް އެމަޢުލޫމާތުތައް ފޯރުކޮށްދިނުމާއިއެކު އަޕްޑޭޓްކޮށް ބެލެހެއްޓުން.
  5. ޕްރޮޖެކްޓްތަކުގައި ދިމާވާ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ޕްރޮޖެކްޓްތަކުގެ ސުޕަވައިޒަރުންނާއި މުވައްޒަފުންނާ ވާހަކަދައްކައިގެން ހޯދާ، އެމަޢުލޫމާތު ޔުނިޓް ހެޑަށް ދިނުން.
  6. ޕްރޮޖެކްޓް ސައިޓްތަކަށް ދާންޖެހިއްޖެ ޙާލަތެއްގައި އެސައިޓްތަކަށް ގޮސް މަސައްކަތްތަކުގެ ޕްރޮގްރެސް ރިޕޯޓްތައް ތައްޔާރުކުރުން.
  7. މަސައްކަތުގައި ޙަރަކާތްތެރިވާ މުވައްޒަފުންގެ ސަލާމަތާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދިނުމާއި، މިފަދަ ކަންކަމުގައި ބޭނުންވާނެ ފަންނީ މަޢުލޫމާތު ޔުނިޓް ހެޑްގެ ލަފާގެ މަތިން ޕްރޮޖެކްޓް ސުޕަވައިޒަރުންނާއި މުވައްޒަފުންނަށް ދިނުން.
  8. މީގެ އިތުރުން ކުރަންޖެހުނު ސެކްޝަންގެ ކޮންމެ ކަމެއް ވެރިން އަންގާގޮތެއްގެ މަތިން ކުރުން.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސަރވިސަސްގެ ނަންބަރު 3323537 އަށް ގުޅުއްވުން އެދެމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

1. ތައުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަރވިއު.

4. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.

5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

6. މާލިއްޔަތު ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.

 

ތަކެތި ހުށަހަޅަންޖެހޭ ތާރީޚް:

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޕަބްލިކް ވަރކްސް ސަރވިސަސްއަށް (އަމީނީމަގު، މާފަންނު / މާލެ)
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 04 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން.

 

އިންޓަރވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ ޑިސެންބަރު 2014 – ޖަނަވަރީ 2015 އާ ދެމެދުގެ ތާރީޚެއްގައި މިސަރވިސަސް ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލެ އޮފީހުންނެވެ)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

26  މުޙައްރަމް  1436

 
19 ނޮވެންބަރު 2014