ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2022/181
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 09:14
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކ.ގިރިފުށީ ގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީނާއި ގުޅޭގޮތުން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 2022 ޑިސެމްބަރު 19އިން 22 އަށް މިއިން ކޮންމެ ދުވަހެއްގެ 19:00 އިން 21:30 އަށް, ކ.ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިމިނިސްޓްރީއަށް އަންގަވާފައިވެއެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

1-  ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :                 AK103/ARM52T ރައިފަލް

2-  ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިން:            3000 މީޓަރު

3-  ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:           300 މީޓަރު

4-  ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:            ސީލެވެލް

5-  ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން:                   ގިރިފުށީގެ ރޭންޖްއިން ހުޅަނގު ދެކުނު

      

ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.  

13 ޑިސެންބަރު 2022