ދިވެހިރާއްޖެ
ލ.އިސްދޫ ވޮލީ ކޯޓް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށްކޮށްފައިވާ މިކައުންސިލްގެ ނަންބަރ (IUL)395-02/395/2022/96 (07 ނޮވެމްބަރ 2022) އިޢުލާނުގެ މަޢުލޫމާތު ޝީޓަށް ބަދަލުތަކެއް ގެންނަންޖެހުމާއި ގުޅިގެން އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ލ.އިސްދޫ ވޮލީ ކޯޓް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.
ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ޢަމަލުކުރެއްވުން އެދެމެވެ.
1. ބިޑުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 20 ޑިސެމްބަރ 2022 ވާ އަންގާރަ ދުވަހު 13:00 ގެ ކުރިން ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ.
2. ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 21 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ 13:00 ގައި އިސްދޫ ކައުންސިލްގެ އިދާރާގައެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ 6800709،6800920 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.