ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2022/182
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 21:28
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވެހިކަލް ރަޖިސްޓްރީ ޢާންމުކުރުމާ ގުޅޭ
މި މިނިސްޓްރީން ރަޖިސްޓްރީ ކުރަމުންދާ އެންމެހާ އުޅަނދުތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގެ ގޮތުންނާއި، ކޮރަޕްޝަނަށް މަގުފަހި ނުވާނޭހެން ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތްކުރުމަށާއި، އަދި އެއްވެސް ފަރާތަކަށް ގަވާއިދާ ޚިލާފު ޢަމަލުތައް ހިންގުނަ ނުދިނުމުގެ ގޮތުން މި މިނިސްޓްރީން ރަޖިސްޓްރީ ކުރާ އެންމެހާ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީ ނަންބަރު ޢާންމުނަށް ފެންނަން ހުންނާނެހެން 2022 ޑިސެންބަރު 13 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓްގައި ޢާންމުކުރުމަށް ނިންމާފައިވާ ކަމުގައި ދަންނަވަމެވެ.
ވީމާ، މި ކަން ޢާންމުކޮށް، އަންގާ އިޢުލާނުކުރީމެވެ.
12 ޑިސެންބަރު 2022