ޢާންމު މަޢުލޫމާތު
ނަންބަރު: MTCC-HRAD/IU/2014/175
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:34
ސުންގަޑި: 24 ޑިސެންބަރު 2014 13:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ބިދޭސީ މުވައްޒަފުން ހޯދުމަށް އެޖެންސީތަކުގެ ރަޖިސްޓަރީއެއް ހުޅުވާލުން

މިކުންފުނީގެ މަސައްކަތަށް ބޭނުންވާ ބިދޭސީ މުވައްޒަފުން އެޖެންސީ މެދުވެރިކޮށް ރާއްޖެ ގެނައުމަށް، މިފަދަ މަސައްކަތްކުރާ ތަންތަނުގެ ރަޖިސްޓަރީއެއް އެކުލަވާލުމަށް މިކުންފުނިން ކުރި އިޢުލާން ނަންބަރު: MTCC-HRAD/IU/2014/120ފ(07 އޮގަސްޓު 2014) ބާޠިލުކޮށް، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ރަޖިސްޓަރީގައި ނަން ނޯޓްކުރުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ހުރި ތިރީގައިމިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ރަޖިސްޓަރީގައި ނަންނޯޓް ކުރެއްވުމަށް 24 – 07 ޑިސެންބަރު 2014 ގެ 10:00 ން 13:00 އާ ދެމެދު ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓަށް (އެމް.ޓީ.ސީ.ސީ ޓަވަރ 2 ވަނަ ފަންގިފިލާ) ވަޑައިގެން ދެއްވުން އެދެމެވެ.  

ޝަރުޠު: ބިދޭސީން ގެނައުމުގެ ހުއްދަ އޮތުން.

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ރަޖިސްޓަރީގައި ބްލެކް ލިސްޓުވެފައިވާ ފަރާތެއްކަމުގައި ނުވުން.

މި ކުންފުންޏަށް ބިދޭސީން ގެނައުމުގައި ކޮށްފައިވާ އެގްރީމެންޓާ ޚިލާފުވުމާ ގުޅިގެން ކުންފުނިން ބްލެކް ލިސްޓުކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.

27 މުޙައްރަމް 1436

20 ނޮވެންބަރު 2014