ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MRDC/IFB/2014/64
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:32
ސުންގަޑި: 27 ނޮވެންބަރު 2014 13:00
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
02 މިނީ އެކްސްކަވޭޓަރާއި 02 ޕިކަޕް އަދި 02 ފޯކްލިފްޓް ސަޕްލައިކުރުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

02 މިނީ އެކްސްކަވޭޓަރާއި 02 ޕިކަޕް (3.5 ޓަން) އަދި 02 ފޯކްލިފްޓް (3 ޓަން) ސަޕްލައިކުރުން

މި ކޯޕަރޭޝަނަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެގެން ކުރި ނަންބަރު MRDC/IFB/2014/62ފ(04 ނޮވެންބަރު 2014) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގެންނެވީ އެންމެ ދެފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.

  • 03 މިނީ އެކްސްކަވޭޓަރ
  • 02 ޕިކަޕް (3.5 ޓަން)
  • 03 ފޯކްލިފްޓް (03 ޓަން)

ވީމާ، މިތަކެތި ސަޕްލައިކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 27 ނޮވެންބަރު 2014 ވާ (ބުރާސްފަތި) ދުވަހުގެ 13:00 އަށް މިކޯޕަރޭޝަންގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 04 ޑިސެންބަރު 2014 ވާ (ބުރާސްފަތި) ދުވަހުގެ 13:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަހަޅަންވާނީވެސް މިއެޑްރެހަށެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު

ޕޯސްޓަލްކޯޑް: 20386

މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރު: 9603320657+

ފެކްސް ނަންބަރު: 9603317133+

27 މުޙައްރަމް 1436

20 ނޮވެންބަރު 2014