ދިވެހިރާއްޖެ
އިޢުލާން
ބަނދަރު ބޭރުތޮއްޓާއި އެއްގަމުކޮޅާއި ގުޅޭ ފާލަމުގައި ދެފަރާތުގައި ޗެންޗޭނު ޖެހުމާއިބެހޭ
މިރާށުގެ ބަނދަރު ބޭރުތޮއްޓާއި އެއްގަމާއި ގުޅުވާލަދޭ ފާލަމުގެ ދެފަރާތުގައި، މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ޗެންޗޭން ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
ވުމާއިއެކު ދެންނެވިގޮތަށް ވޭވަށު ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތީން މަސައްކަތުގެ މައުލޫމާތުގައި ވާގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާގޮތުގެމަތީން ޢަމަލުކޮށްދެއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
12 ޑިސެމްބަރ 2022 އިން 15 ޑިސެމްބަރ 2022 އަށް (ރަސްމީގަޑީގައި) |
9:00 އިން 13:00 އަށް |
|
އަންދާސީ ހިސާބު ބަލައިގަތުން |
19 ޑިސެމްބަރ 2022 |
ހޯމަ |
11:00 |
މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު، ރަސްމީގަޑިގައި ނަމްބަރ 6720035 ފޯނާއި ގުޅުއްވުމުން މަތީގައިވާ މުއްދަތުގެ ގަޑިއާއި ހަމައަށް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުއެވެ. އަންދާސި ހިސާބު ހުށަހެޅުއްވޭނީ މަތީގައިވާ ތާރީޚްގެ ގަޑިއަށް ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވުމުންނެވެ. އަންދާސީ ހިސާބު ހުޅުވުމުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ނުވަތަ ބަދަލުގައި ދުރުވާ ފަރާތުން ބައިވެރިވެލައްވަން ޖެހޭނެއެވެ. މި މަސައްކަތައް އަންދާސީހިސާބު ހުށަހެޅޭނީ ކުންފުނި (ޕާރޓްނަރޝިޕް) ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ (އެސްއެމްއީ) ގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.އަންދާސީ ހިސާބާއި އެކު ވިޔަފާރި ރަޖިސްޓްރީ ކޮޕީހުށައަޅަން ވާނެއެވެ. މިއިޢުލާނާއި އެކު މަސައްކަތުގެ ޕްލޭން އާއި ޕޮއިންޓް ދެވޭނެ އުސޫލު ހިމެނިފައި އެވަނީއެވެ.
އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުން
މާރކްސްދެވޭ ކްރައިޓީރިއަ |
ތަފުސީލް |
މާކްސް ދެވޭ ގޮތް |
ފޯރމިއުލަރ |
އަގު |
|
60% |
ބެންޗްމާރކްއަގު 60 x ހުށަހެޅިއަގު |
މުއްދަތު |
|
20%
|
ބެންޗްމާރކްމުއްދަތު 20 x ހުށަހެޅިމުއްދަތު |
ތަޖުރިބާ |
|
20% |
ހުށަހެޅިލިޔުންތަކުގެއަގު 20x ލިޔުންތަކުގެބެންޗްމާކްއަގު |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
- މަސައްކަތަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުމަކީ މަސައްކަތްކުރާ ފަރާތުގެ ޒިންމާއެކެވެ
- މަސައްކަތް ކުރުމުގައި ބަނދަރަށް ވަދެނުކުމެވުމަށާއި ބަނދަރުގައި އޮންނަ އޮޑިފަހަރަށް އުނދަގޫވާނެފަދަ ގޮތްގޮތަށް (ވަދެ ނުކުމެ ހެދުމާއި އޮޑި އެޅުމަށް) މަސައްކަތް ރާވާ ހިންގައިގެން ނުވާނެއެވެ.
- މަސައްކަތް ކުރަންވާނީ ވޭވަށު ކައުންސިލް އިދާރާއިން ހަވާލުކުރާ ކުރެހުމާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.
- ޗެންޗޭނުގެ އެންމެހާ ބައިތަށް ހަދަންވާނީ ކުރެހުމުގައިވާ ސައިޒުތަކަށް ހޮލޯ ގަލްވަނައިޒް ދަގަނޑުންނެވެ.
- ފާލަމުގެ މަތީގައި ރާނާ ފާރުކޮޅު ނިމޭއިރު ހުންނަންވާނީ ފާލަމުގެ ބޭރު ކައިރިއާއި އެއްވަރުވާގޮތަށެވެ.
- ކޮންކްރިޓްގެ ހުރިހާ މަސައްކަތެއް ކުރަންވާނީ ހިލަޔާއި ހިލަވެލި ބޭނުން ކޮށްގެނެވެ. ފައުންޑޭޝަން އަޅާކަށް ނުޖެހޭނެވެ. ކޮންކްރިޓް ކުރަންޖެހޭނީ މަތީބެރިއާއި ދެކޮޅުގައި ކުރެހުމުގައި ދައްކާފައިވާ ފަދައިން ހަތަރު ތަނބެވެ. ތަނބު ހުންނަންވާނީ 9mm ގެ ތިނެއް ދަގަނޑުލާފަ 3mm ދަގަނޑުން 6 އިންޗި ދުރުމިނުގައި ރިންގު އަޅުވާފައެވެ. ހަތަރު ތަނބު އަޅަންވާނީ 8 އިންޗި 8 އަށެވެ. މަތީބެރިއަށް ދެދަނގަޅު ލައްވާ 12 އިންޗިން ރިންގު އަޅުވަން ވާނެއެވެ. ރިންގު އެޅުވުމުގައި ވެލްޑިންކޮށްގެން ހަދައިގެން ނުވާނެއެވެ.
- ރާނާ ހުރިހާ ރޭނުންތަށް ހުންނަންވާނީ 5 އިންޗި އެޅިގަލުންނެވެ.
- މަތީބެރި އަޅާނީ ގަލުގެ މައްޗައް ގަލުގެ ފުޅާމިނަށް 8 އިންޗި އުސްމިނަށެވެ.
- ކޮންކްރިޓް އަޅަންވާނީ 3 ހިލަ، 2 ވެލި، 1 ސިމެންތި އަށެވެ. އަދި ރޭނުމަށް ސިމެންތި މިކްސް ކުރަންވާނީ ފަސްބައިކޮށްފަ އެއްބަޔަށްވުރެ ވެލި ގިނަނުވާނެ މިންވަރަށެވެ. ސިމެންތި ޖެހުމުގައި ސިމެންތި މިކްސް ކުރަންވާނީ 4 ބައިކޮށްފަ އެއްބަޔަށްވުރެ ސިމެންތި ގިނަ ނުވާނެ މިންވަރަކަށެވެ.
- ރާނާ ބެރިއަޅައި ނިމުމަށްފަހު ސިމެންތި ޖަހާއިރު ރޭނުމާއި ބެރި/ތަނބު ގުޅޭ ކޮންމެތަނަކަށް ޕްލާސްޓިކް ގޮޅިކުދި ދާ ހަރުކުރުމަށްފަހުގައި ނޫނީ ސިމެންތި ޖަހައިގެން ނުވާނެއެވެ.
- ސިމެންތި މަސައްކަތް ނިންމުމަށްފަހު ނިޕޯން ޕެއިންޓް ފަދަ ފެންވަރެއްގެ ވެދަ ޕްރޫފް ވޯލްސީލްލާ ސީލްގެ މަތީން ވެދަޕްރޫފް ކުލައެއް ލާންވާނެއެވެ.
- ދަގަނޑުން ހަދާ އެންމެހާ ތަނެއް (މުޅި ދަގަނޑުގައި) ފާލަމުގައި ހަރުކުރުމަށްފަހު ގިނަވެގެން 48 ގަޑިއިރު ވުމުގެ ކުރިން ރެޑްއޮކްސައިޑް ދަވާދު ލާންވާނެއެވެ. ރެޑްއޮކްސައިޑް ދަވާދު ލުމަށްފަހު އޭގެމަތީން ރަނގަޅު ފެންވަރެއްގެ ދަވާދު ލާންވާނެއެވެ.
- ފާލަމުގެ ދެކޮޅުގައި ޖަހާ ހަތަރު ތަނބު ކޮންކްރިޓް އެޅުމުގެ ކުރިން ތަނބުގެ މައްޗައް ޖަހާ ގްލޯބް ދިއްލޭނެހެން 6mm ގެ ނަރު ލެއްވޭވަރަށް ހޮޅިއެއް ލާންވާނެއެވެ.
- ފާލަމުގެ މަތީގައި ވެދަޕްރޫފް ފްލޯޕައިންޓް ލާންވާނެއެވެ. އެންމެހާ ތަނެއްގައި ލާ ކުލަ ކަނޑައަޅާނީ ވޭވަށު ކައުންސިލް އިދާރާއިންނެވެ.
- ޖަހަންޖެހޭ ކޮންމެ ތަނބެއްގެ ފުލަށް 6”x12”x12” ގެ ބުޑެއް ކޮންކްރިޓް އިން އަޅަންވާނެއެވެ.
- ރޭނުމާއި ސިމެންތި ޖެހުމުގައި ހިލަވެލި ނުވަތަ ދިވެހިވެލި ބޭނުންކުރުމާއިމެދު މަސްޢަލައެއް ނެތެވެ.
- ހަދާ ހަތަރު ތަނބުގައި ހަތަރު ގްލޯބް ހަރުކޮށް އެއްނަރަށް ވާނެހެން ކަރަންޓް ނެގޭ ފެންވަރަށް މަސައްކަތް ނިންމަން ވާނެއެވެ. ކަރަންޓް ނެގުމަށް ކަރަންޓް ފޮށްޓާއި ހަމަޔަށް ކޭބަލް އަޅާ ގެންދާކަށް ނުޖެހޭނެވެ. ކޭބަލް އަޅަންޖެހޭނީ ފާލަމުގެ އިރުކޮޅަށްވުރެ 10 ފޫޓަށްވުރެ ދުރުނުވާނެ މިންވަރަކަށެވެ.
- މަސައްކަތް ނިމުމަށްފަހު މަސައްކަތުގެ ސައިޓް ރަނގަޅަށް ސާފުކޮށް ކައުންސިލުން ދައްކާތަނަކަށް ކުނިތައް އަޅަން ވާނެއެވެ.
- މަސައްކަތް ނިމުމުން މަސައްކަތާއި ހަވާލުވުމަށް ކަނޑައެޅިފައިވާ ސްޕަވައިޒަރައް ތަންދައްކާ، ސްޕަވައިޒަރ ރަނގަޅުކަމަށް ބުނެފިނަމަ އެމަސައްކަތާއި ކައުންސިލް އިދާރާއިން ހަވާލުވާނެއެވެ.
- މަސައްކަތްކުރާ ދުވަސްތައް ކައުންސިލް އިދާރާއަށް އަންގަން ވާނެއެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.